Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤައުމީ ފުޓުބޯޅަ ޓީމު

ސާފް ޗެމްޕިއަން ޝިޕްގައި ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓައިފި

އިންޑިޔާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓައިފިއެވެ.

މި މުބާރާތުގައި ރާއްޖެ ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފައެވެ. އެއީ ބަންގްލަދޭޝް އަދި ލެބަނަން އަތުންނެވެ. ރާއްޖެ މި މުބާރާތުގައި މޮޅުވީ ހަމަ އެކަނި ބޫޓާން އަތުންނެވެ.

އެމެޗު 2-0 ގެ ނަތީޖާއަކުން ރާއްޖޭން ކާމިޔާބު ކޮށްފައިވާއިރު، ދެވަނައަށް ބަންގަލްދޭޝްއާއި ބައްދަލު ކޮށްފައިވާއިރު، މިމެޗުން ރާއްޖެ ވަނީ 3-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.


އެންމެ ފަހުން މިއަދު ރާއްޖޭން ބައްދަލު ކޮށްފައިވަނީ ލުބުނާން އާއިއެވެ. މެމެޗުން ވެސް 1-0 ގެ ނަތީޖާއަކުން ބަލި ރާއްޖެ ވަނީ ގްރޫޕުގެ ތިން ވަނައަށް ވެއްޓިފައެވެ.

މުބާރާތުން ރާއްޖެ ކެޓިކަން ކަށަވަރުވެފައިވަނީ މިހާރު ކުރިއަށްދާ ބަންގްލަދޭޝްއާއި ބޫޓާން ބައްދަލު ކުރާ މެޗު، 3-1 ގެ ނަތީޖާއަކުން ބަންގަލްދޭޝް ލީޑު ނެގުމުންނެވެ. އެހެން ކަމުން މިވަގުތު ގްރޫޕުގެ ދެވަނަ ޓީމެއްގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ބަންގްލަދޭޝްއެވެ. އެއްވަނަ ޓީމެއްގެ ގޮތުގައި ގޮސްފައިވަނީ ލެބަނަންއެވެ.

މިއަދު ލެބަނަން އަތުން ރާއްޖެ ބަލިވި ނަމަވެސް އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނީ ރާއްޖެއިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބޫޓާން އަތުން މޮޅުވިޔަސް، ޓީމުން ދެއްކީ އޭނާ ހިތްހަމަޖެހޭ ކުޅުމެއް ނޫން ކަމަށެވެ. އަދި ބަންގްލަދޭޝް އަތުން ބަލިވި މެޗްގައި ވެސް ރާއްޖޭގެ ޓީމްގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެއް ކަމަށް ކޯޗް ބުންޏެވެ. ނަމަވެސް މިއަދު ލެބަނަން ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ރާއްޖޭގެ ޓީމުން ދެއްކީ އޭނާ ބޭނުންވާ، މެންޓަލިޓީގެ ކުޅުމެއް ކަމަށާއި އެހެން ކަމުން މިއަދު އޭނާ ހުރީ ހިތްހަމަ ޖެހިފައި ކަމަށެވެ.
މި ލިއުމާއި ގުޅޭ