Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިދިކޮޅު އިއްތިހާދު

"ޕީޖާއާއި އޭޖީއާއި ސީޕީ އަދި ހޯމް މިނިސްޓަރު ހާޒިރުކޮށް އިރުޝާދުދިނީ އިންޑިއާ ސަފީރާއި ރައީސް އިބްރާހީމު"

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޕްރޮސެކިއުޓާ ޖެނެރަލާއި އެޓާނީ ޖެނެރަލް އަދި ކޮމިޝަނާ އޮފް ޕޮލިސްއާއި ހޯމް މިނިސްޓަރު ހާޒިރުކޮށް އެ ފަރާތްތަކަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނާމެދު ކަންތައް ކުރަންވީ ގޮތުގެ އިރުޝާދުދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުކަމަށް އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.

މިއަދު ހެނދުނު ރައީސް އިބްރާހީމާ ބައްދަލުކުރެއްވުމަށް އިދިކޮޅު އިއްތިހާދުގެ ލީޑަރުންވަނީ އެ ބޭފުޅުން މިހާރު ކޮންމެ ދުވަހަކު ހެނދުނު ރައީސް އިބްރާހީމާ ބައްދަލުކުރެއްވޭތޯ ވަޑައިގަންނަވާ އުސޫލުން ވަޑައިގެންފައެވެ. ނަމަވެސް ހެނދުނު ވަޑައިގަތުމުން ރައީސް އިބްރާހީމު އެ ބޭފުޅުންނާ ބައްދަލުކުރައްވާފައިނުވެއެވެ.

އަނެއްކާވެސް މެންދުރު އިދިކޮޅު ލީޑަރުންނާއި އެ އިއްތިހާދުން މިހާރު ފަށާފައިވާ ސަރުކާރުން މައުލޫމާތު އެއްކުރުމުގެ މަސައްކަތްކުރާ ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުންނާއެކު އެ ބޭފުޅުން ރައީސް އޮފީހަށް ވަޑައިގެންނެވިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ވަޑައިގަތުމުންވެސް ރައީސް އިބްރާހީމު އެ ބޭފުޅުންނާ ބައްދަލުކުރައްވާފައިނުވެއެވެ.

ރައީސް އިބްރާހީމު އިދިކޮޅު ލީޑަރުންނާ ބައްދަލުނުކުރެއްވިއިރު، ހަމަ އެވަގުތު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި، ބަންޑާރަނައިބު އިބްރާހީމް ރިފްއަތާއި، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲއާއި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ރައީސް އޮފީހަށް ހާޒިރުކޮށް ބައްދަލުވުމެއް ރައީސް އޮފީހުގައި ބާއްވާފައިވެއެވެ.

އޭގެ ފަހުން ރައީސް އޮފީހުން ނިކުމެވަޑައިގެން އާންމުކޮށް އިދިކޮޅު ލީޑަރުން ރައީސް އޮފީސް ކައިރީ ދެއްވާ ބަސްދީގަތުން މީޑިއާއަށް ދެއްވަން އުޅުއްވުމުން އެ ސަރަހައްދަށް ގިނަ އަދަދެއްގެ ފުލުހުން އައިސް އެ ބޭފުޅުންނަށް ހުރަސްއަޅާފައިވެއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ، މިއަދު ރައީސް އޮފީހަށް ޕީޖީ، ސީޕީ، އޭޖީ އަދި ހޯމް މިނިސްޓަރު ހާޒިރުވެވަޑައިގެންނެވިއިރު، އެ އިދާރާގައި އިންޑިއާގެ އެމްބެސެޑަރު ހުންނެވި ކަމަށެވެ.

ހާޒިރުވެވަޑައިގެންނެވި ބޭފުޅުންނާ ބައްދަލުކުރައްވައި ރައީސް އިބްރާހީމާއި އިންޑިއާގެ އެމްބެސެޑަރު އެ ބޭފުޅުންނަށް ދެއްވި އިރުޝާދަކީ އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޔާމީނާމެދު ކަންކުރަންވީ ގޮތާ ގުޅުންހުރި އިރުޝާދުކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާދުން އިތުރަށް ބުނީ ކުރިއަށް އޮތް ބަންދުގައި އަދި ބަންދަށް ފަހުގައިވެސް ސަރުކާރު ޖަވާބުދާރީކުރުވުމަށް އިދިކޮޅުން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ވަރުގަދަކުރާނެ ކަމަށެވެ. މިހާރުވެސް ދުވާލު ސަރުކާރު އިދާރާތަކަށް އިދިކޮޅުގެ ކޮމިޓީ މެންބަރުން ވަޑައިގަންނަވާއިރު، ރޭގަނޑު އިދިކޮޅުން އަންނަނީ ސިލްސިލާކޮށް މުޒާހަރާކޮށް އިހުތިޖާޖުކުރަމުންނެވެ.

މި ލިއުމާއި ގުޅޭ