Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް އޮފީސް

ޕީޖީއާއި އޭޖީ އަދި ހޯމް މިނިސްޓަރު ރައީސް އޮފީހަށް ހާޒިރުކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އެއް ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހާޒިރުކޮށްފިއެވެ.

މި ތިން ބޭފުޅުން ރައީސް އޮފީހަށް ހާޒިރުކޮށްފައިވަނީ ކޮން ކަމަކާ ގުޅިގެންކަން ސާފުނުވެއެވެ. ނަމަވެސް މިހާރު އެ ތިން ބޭފުޅުންވެސް ތިއްބެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ ބޭފުޅުން ރައީސް އޮފީހަށް ވަޑައިގެންނެވި ވަގުތަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ލީޑަރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވަން ރައީސް އޮފީހަށް ވަޑައިގެންނެވި ވަގުތެވެ.

ޕީޖީއާއި އޭޖީ އަދި ހޯމް މިނިސްޓަރު ރައީސް އޮފީހަށް ހާޒިރުކޮށްފައިވާއިރު އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ރ.ފުއްގިރިއާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުންތައް އަންނަ މަހު 2، 4، 6، 9، 11، އަދި 13 ވަނަ ދުވަހު ފުލުފުލުގައި ބާއްވަން ކުރިމިނަލް ކޯޓުންވަނީ ތާވަލުކޮށްފައެވެ.

އޭގެ އިތުރަށް ހައިކޯޓަށް މިހާރު ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ވ.އާރަށް ކުއްޔަށްދިނުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ބައްލަވާ 3 ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ސަލީމު ޖުލައި މަހުގެ 16 ވަނަ ދުވަހުގައި ޗުއްޓީ ނަންގަވަން ނިންމަވާފައިވާކަންވަނީ ހާމަވެފައެވެ.

ފުލުފުލުގައި ދަށު ކޯޓުގައި ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރަމުންދަނީ ހައިކޯޓުގައި ހިނގަމުންދާ އާރަށު މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމްކުރުމުގެ ކުރިން ދަށު ކޯޓުން ފުއްގިރި މައްސަލައިގެ އަޑުއެހުންތައް އެކީ ނިންމައި ރައީސް ޔާމީނުގެ މައްޗަށް ހުކަުމެއް ކުރުމަށް ކުރަމުން އަންނަކަމެއްކަމަށް ޖޭއެސްސީގެ އިސް މުވައްޒަފަކު "ދިޔަރެސް"އަށްވަނީ ކަށަވަރުކޮށްދީފައެވެ.

އިދިކޮޅު އިއްތިހާދުން ތުހުމަތުކުރާ ގޮތުގައި ހައިކޯތުގެ ފަނޑިޔާރު ސަލީމު އީދު ޗުއްޓީ ނިމުމާއެކު، ޗުއްޓީ ނަންގަވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ހައިކޯޓުގައި އޮތް އިސްތިއުނާފު އަޑުއެހުން ކުރިއަށްގެންދިޔަނުދިނުމަށެވެ. ތަފާތު މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި ސަލީމަކީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ގާތް ބޭފުޅެކެވެ.

ރައީސް ޔާމީނުގެ ޝަރީޢަތްތައް ކުރިއަށްދާ ގޮތާމެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް އިދިކޮޅު އިއްތިހާދުގެ ލީޑަރުން ކޮންމެ ދުވަހަކުވެސް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންނެވި ނަމަވެސް މިހާތަނަށް އެއްވެސް ދުވަހެއްގައި ރައީސް އިބްރާހީމު އެ ބޭފުޅުންނާ ބައްދަލުކުރައްވާފައިނުވެއެވެ.

މި ލިއުމާއި ގުޅޭ