Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

ކަނޑު ވިއްކާލި މައްސަލައިގައި ރައީސް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ވަކިކުރި މައްސަލައިގައި ސަރުކާރުން ގޯސް ހަދާފައިވާ ކަމަށް ބުނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން އިދިކޮޅުން މަޖިލީހަށް ހުށަހަޅައިފި އެވެ.

ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ނެތި، މަޖިލީހުގެ ޖަލްސާތައް ހުއްޓިފައިވާއިރު، އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މިއަދު މަޖިލީހަށް ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ މަޖިލިސް ހުއްޓުވާލާފައި ވަނީ ސަރުކާރު ޖަވާބުދާރީ ކުރުން ހުއްޓުވުމަށް ގަސްތުގައި ރާވައިގެން ކަމަށެވެ.
އަދި ސަރުކާރުން އެކަން ކުރީ ޗާގޯސް މައްސަލާގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔަ ނުދޭން ކަމަށް އިދިކޮޅުން ތުހުމަތުކުރެ އެވެ.
ސަލީމް ވިދާޅުވި ގޮތުގައި ބަންޑާރަ ނައިބު މަޖިލިހަށް ހާޒިރުކުރި ހަމައެކަނި ދުވަހު ވެސް އޭނާ ދެއްކެވީ އަމިއްލަ ވާހަކަތަކެއް ކަމަށާއި ރައްޔިތުންގެ ފަރާތުން މެމްބަރުން ކުރެއްވި އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވާ ކަމަށެވެ.
އެހެންކަމުން، ރައީސް އިބްރާހީމް މަޖިލީހަށް ހާޒިރުކޮށްގެން ނަމަވެސް، އެ މައްސަލަ އިތުރަށް ސާފުކުރުމަށް މަޖިލީހުގެ އިދާރާގައި އެދިވަޑައިގެންފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
"ރައްޔިތުންގެ މިހިރަ ސުވާލުތަކަށް ޖަވާބު ނުދެއްވައި ރައީސުލްޖުމްހޫރިއްޔާއަކަށް ރައީސް ކަމައިގެން ކުރިއަކަށް ވަޑައެއް ނުގެންނެވޭނެ،" އިމުގެ މައްސަލައިގައި ސަރުކާރަށް އަމާޒުވާ ތުހުމަތަކަށް ޖަވާބުދާރީ ކުރުވާނެކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް މިވަގުތު ހުއްޓީފައިވީ ނަމަވެސް، ޖަލްސާތައް އަލުން ފެށުމާ އެކު، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރުކޮށް ދެއްވައިގެން، މެންބަރުން ސުވާލުކުރުމުގެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް އިދިކޮޅުން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި އެދިފައިވެ އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވެސް ވިދާޅުވީ މަޖިލީހުގައި "މަރުތަޅު" އެޅުވީ ފޮރިން މިނިސްޓްރާއި ބަންޑާރަ ނައިބު މަޖިލީހަށް ހާޒިރުކޮށް އެބޭފުޅުން ވަކިކޮށްފާނެ ކަމުގެ ބިރާއި، އެބޭފުޅުން ޖަވާބުދާރީ ކުރުވުން ހުއްޓުވުމަށް ކަމަށެވެ.

"މެޖޯރިޓީ އޮތް އެމްޑީޕީގެ ފަރާތުން މި މައްސަލަ ހައްލުކުރަން މަސައްކަތް ކުރާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ސަރުކާރުން މިކަމާ ކަންބޮޑުވެގެން މި މައްސަލަ ހައްކު ކުރައްވަން އުޅުއްވާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އަޅުގަނޑުމެން މިއަދު ވެސް އައިސް މިތިބީ މަޖިލީހުގެ ރައީސް އާ ވެސް ބައްދަލު ކުރަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޖިލީހުގެ ރައީސްއާ ވެސް ބައްދަލު ކުރާނަން އަދި އަޅުގަނޑުމެން އެދޭނަން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިގެން މަޖިލިސް ފެށޭނެ ގޮތެއް ހައްދަވައިދެއްވަން ސަރުކާރާ ވާހަކަ ދައްކަވައިގެން ނަމަވެސް."

މަޖިލީހުގެ މި ދައުރު ނުނިމެނީސް މަޖިލީހުގެ ޖަލްސާތައް އިއްޔެ ހުއްޓުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ސަރުކާރު ހިންގާ އެމްޑީޕީން ހުށަހެޅުމުންނެވެ.
އެ މައްސަލައާއެކު ނަޝީދާއި އީވާ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަތުމުން ފާއިތުވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެވެ. އެކަމަކު މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ނަމަ، އެހެން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ. އެހެންވެ ތިން ޖަލްސާ ހަމަވުމުން އިތުރު ޖަލްސާއެއް ނުބޭއްވި މަޖިލިސް ހުއްޓުނީ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މަޖިލިސް ދެން ކުރިއަށް ގެންދެވޭނީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންނެވުމަށްފަހު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންގޮސްގެންނެވެ. އެކަމަކު އެއްވެސް ބޭފުޅެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީން ދެކޮޅު ހަދަ އެވެ.
މި ލިއުމާއި ގުޅޭ