Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖުޑީޝަލް ސާވިސް ކޮމިޝަން

ޖޭއެސްސީގެ މެންބަރުންގެ އަދަދު ހަތަކަށް މަދުކުރަން ހުށަހަޅަނީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުންގެ އަދަދު ހަތަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން، ބަންޑާރަ ނައިބުގެ އޮފީހުން ރައީސް އޮފީހަށް ބިލު ފޮނުވައިފި އެވެ.

ޖޭއެސްސީގެ އެކުލެވިފައިވާ ގޮތް އިސްލާހުކޮށް، ޖުޑިޝަރީއަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.
މިހާރު އޮންނަ ގޮތުން ޖޭއެސްސީ އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށެވެ. އެއީ މަޖިލީހުގެ ރައީސާއި އެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ވަކީލުންގެ ތެރެއިން މީހަކާއި އާންމުންގެ ތެރެއިން ނަގާ މީހެކެވެ.
ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ގާނޫނުއަސާސީއަށާއި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ދެ ބިލު މަޖިލީހަށް ހުށަހެޅުމަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން މަޖިލީހަށް ހުށަހަޅާ މައިގަނޑު ބަދަލަކީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޖޭއެސްސީ ގައި ނުހިމެނޭ ގޮތަށް ހަދައި، ޖޭއެސްސީގެ މެންބަރުންގެ އަދަދު ހަތަކަށް މަދު ކުރުމެވެ.

އެގޮތަށް ހުށަހެޅީ ރިފްއަތު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި އެކަން ކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާއާއި އެނޫންވެސް ފަރާތްތަކާއި ގާނޫނީ ފަންނުގެ ދާއިރާއާއި މަދަނީ ޖަމްއިއްޔާތަކާއި އާންމުންގެ ހިޔާލާއި މަޝްވަރާގެ މަތިންނެވެ.
"ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އިޖުތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވައުދު. މި މަސައްކަތްވަނީ 2019 ގައި ފަށާފަ. މިހާތަނަށް ކަމާގުޅޭ 9 ބިލެއް މަޖިލީހަށްވަނީ ހުށަހަޅާފަ. މިއަދުގެ 2 ބިލާއެކު މި އިސްލާހީ މަސައްކަތް ފުރިހަމަކުރެވިއްޖެ،" ރިފްއަތު ވިދާޅުވި އެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން އިދިކޮޅުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ވެސް ވަނީ ތިން ފަހަރެއްގެ މަތިން ޖޭއެސްސީގައި ސިޔާސީ މީހުން ނުތިބޭ ގޮތަށް ބަދަލު ގެންނަން ބިލު ހުށަހަޅާފަ އެވެ. އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީން އެ ތިން ފަހަރު ވެސް ބިލު ތަޅުމަށް ބަލައިނުގަނެ ބޭރުކޮށްލީ އެވެ.
މި ލިއުމާއި ގުޅޭ