Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިނޭންސް މިނިސްޓަރ އަމީރު

ރަސްދޫގެ ހައުސިން ޔުނިޓުތަކާ ގުޅޭ ގޮތުން މަޖިލީހުގައި އަމީރު ހެއްދެވީ އިތުރުފުޅެއް

އއ.ރަސްދޫގައި އަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވައުދުވެވަޑައިގެންނެވި ހައުސިން ޔުނިޓުތަކުގެ މަސައްކަތް މި އަހަރުގެ އޭޕްރީލު މަހުގައި ބަޔަކާ ހަވާލުކުރާނެކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހުގައި އިތުރުފުޅުހެއްދެވިކަން ހާމަވެއްޖެއެވެ.

މާޗު މަހުގެ 22 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރަސްދޫގައި އަޅަން ސަރުކާރުން ނިންމާފައިވާ 50 ހައުސިން ޔުނިޓުގެ ޓެންޑަރިން މަސައްކަތް ނިންމައި ކޮންޓުރެކްޓަރަކާ ހަވާލުކުރެވޭނީ ކޮން ތާރީޚެއްގައިތޯ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާނު އަމީރާ ސުވާލުކުރެއްވިއެވެ.

އެ ދުވަހު އަމީރު ވިދާޅުވީ ބީލަންތައް ވަޒަންކޮށް އެއިރު ކުރިއަށްދަނީ ކޮންޓުރެކްޓު ހަވާލުކުރާ ފަރާތާ މަޝްވަރާކުރުމުގެ މަރުހަލާ ކަމަށެވެ. އަދި އެ މަރުހަލާ ނިންމައި އޭޕްރީލު މަހުގެ ތެރޭގައި މަސައްކަތް ހަވާލުކުރެވޭނެ ކަމަށެވެ.

އެ މަސައްކަތް ނިންމައިލެވޭނެ ތާރީޚަކާ ގުޅޭ ގޮތުން ޝިޔާނު ސުވާލުކުރެއްވުމުން އަމީރު ވިދާޅުވީ ކަނޑައެޅިގެން ވަކި ތާރީޚެއް އެނގޭނީ އަމަލީ މަސައްކަތާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުން ކަމަށެވެ. އާންމު ގޮތެއްގައި އެފަދަ މަޝްރޫޢުތައް 18 މަސް ތެރޭ ނިމޭކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އޭޕްރީލު މަހުގައި އެއްބަސްވުމުގައި ސޮއިކުރާނެކަމަށް އަމީރު ވިދާޅުވި ނަމަވެސް، މިހާތަނަށްވެސް އެ އެއްބަސްވުމުގައި ސޮއިކޮށްފައިނުވެއެވެ. ޕްލޭނިން މިނިސްޓްރީން ހިންގާ ހުރިހާ މަޝްރޫޢެއްގެ މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާއިރު، އެ ވެބްސައިޓުން ރަސްދޫގައި ހައުސިން ޔުނިޓު އެޅުން ބަޔަކާ ހަވާލުކުރިކަން ފެންނަން ނެތެވެ.

އަދި ހައުސިން ޔުނިޓުތަކުގެ މަސައްކަތް 18 މަސްދުވަހުން ނިމޭކަމަށް އަމީރު ވިދާޅުވި ނަމަވެސް 2020 ގައި ހަވާލުކުރި ގިނަ ހައުސިން މަޝްރޫޢުތައް 2022 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށްވެސް ނިންމައިލެވިފައިނުވެއެވެ. އަދިވެސް އެއިން ގިނަ މަޝްރޫޢުތައް ނުނިމެއެވެ.

މި ލިއުމާއި ގުޅޭ