Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

ދައުލަތުގެ ވަކީލުން ވޯކްޝޮޕެއްގައި ބައިވެރިވާތީ އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރާ ޤާނޫނުގެ މައްސަލަ ލަސްކޮށްފި

ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިނގަމުންދާ އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުން މާލެ ސަރަހައްދުގައި އެއްވެއުޅުން ހަނިކޮށްފައިވާ މާއްދާއާ ގުޅޭ މައްސަލާގައި ދައުލަތުން ވަކާލާތުކުރައްވާ ވަކީލުން ވޯކްޝޮޕެއްގައި ބައިވެރިވެވަޑައިގަންނަވާތީ ޝަރީޢަތް ލަސްކޮށްފިއެވެ.

އެއްވެއުޅުމުގެ ޤާނޫނަށް ކުރީ ސަރުކާރުގައި ގެނައި އިސްލާހެއްގެ ދަށުން މާލޭގައި ހޯމް އެފެއާޒް މިނިސްޓްރީން ކަނޑައަޅާފައިވާ ވަކި ސަރަހައްދެއްގައި ނޫނީ ކުރިއާލައި ހުއްދަ ހޯދުމެއް ނެތި އެއްނުވެވޭނެކަމަށް ބަޔާންކުރާ މާއްދާއަކީ ޤާނޫނު އަސާސީއާ ޚިލާފު މާއްދާއެއްކަމަށް ކަނޑައަޅައި އެ މާއްދާ ބާތިލުކުރަން ހުށަހެޅީ "ދިޔަރެސް"ގެ ތިން އޯނަރުންނެވެ.

އެ މައްސަލާގައި މިހާތަނަށް ހައިކޯޓުގައި ކުރިއަށްދިޔައީ އެންމެ އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ އެ މާއްދާ ބާތިލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައި އޮތުމުން އެ މާއްދާއަކީ ޤާނޫނު އަސާސީއާ ޚިލާފު މާއްދާއެއްކަމުގައި ކަނޑައެޅުމުގެ ޟަރޫރަތެއް ނެތްކަމަށެވެ.

ދައުލަތުގެ އެ ބަހުސާ ގުޅިގެން މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ތާށިވެފައި އޮތް ބިލުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހޯދުމަށް މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ދައުލަތަށް އަންގަވާފައިވެއެވެ.

އެ އަޑުއެހުން ބޭއްވިތާ އެތައް މަހެއް ފަހުން އެ މައްސަލައިގެ އައު އަޑުއެހުމެއް މި މަހުގެ 20 ވަނަ ދުވަހަށް ތާވަލުކޮށް ހައިކޯޓުންވަނީ ޗިޓު ފޮނުވާފައެވެ. ނަމަވެސް މިއަދު ހައިކޯޓުން މައްސަލައިގެ ދައުވާކުރާ ފަރާތްތަކަށްވަނީ 20 ވަނަ ދުވަހަށް ތާވަލުކުރި އަޑުއެހުން ފަސްކުރިކަން އަންގާފައެވެ.

އަޑުއެހުން ފަސްކުރީ ދައުލަތުން އެދިގެންކަމަށް ހައިކޯޓުން ބުނެފައިވެއެވެ. ހައިކޯޓުން ބުނި ގޮތުގައި އެ އަޑުއެހުން ލަސްކުރުމަށް ދައުލަތުން އެދުނީ 18 ޖޫންއިން ފެށިގެން 20 ޖޫންގެ ނިޔަލަށް ބާއްވަން ހަމަޖެހިފައިވާ ވޯކްޝޮޕެއްގައި، މި މައްސަލާގައި ދައުލަތް ތަމްސީލުކުރައްވާ ވަކީލުން ބައިވެރިވެވަޑައިގަތުމެވެ.

އަޑުއެހުން ފަސްކުރިކަން އަންގާ ހައިކޯޓުން ފޮނުވި މެއިލުގައި ދެން އަޑުއެހުމެއް ބާއްވާނެ ތާރީޚެއް ބަޔާންނުކުރާއިރު، ވީއެންމެ އަވަހަށް މައްސަލަ ތާވަލުކުރާނެކަމަށް ބުނެފައިވެއެވެ.

އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ މައްސަލައިގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ނެރުއްވި ރިޔާސީ ޤަރާރުގެ މައްސަލަވެސް ހައިކޯޓުގައި ކުރިއަށްދެއެވެ. ނަމަވެސް މި މައްސަލަތަކުގެ އަޑުއެހުންތައް ތާވަލުކުރަނީ ވަރަށް މަދުންނެވެ. ނަތީޖާއެއްގެ ގޮތުން މައްސަލަތަކުގެ އަޑުއެހުންތައް އޮންނަނީވެސް އެހައިމެ މަދުންނެވެ.

މި ދެ މައްސަލާގައިވެސް މިހާތަނަށް ކޯޓުގައި ހިންގިފައިވަނީ އެންމެ އަޑުއެހުމެއްކަމުން މައްސަލަތައް އަވަހަށް ނިމޭނެކަމަށް ނުބެލެވެއެވެ.

މި ލިއުމާއި ގުޅޭ