Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރެޒިލް

ބްރެޒިލްގެ ދެކުނުގެ ސްޓޭޓާކަށް އެރި ތޫފާނުގައި 11 މީހުން މަރުވެ 20 މީހުން ގެއްލިއްޖެ

ސައޯ ޕައުލޯ (ޖޫން 18) - ބްރެޒިލްގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ރިއޯ ގްރާންޑޭ ޑޯ ސުލް އަށް މިދިޔަ ހުކުރު ދުވަހު އެރި އާދަޔާ ޚިލާފު ވަރުގަދަ ތޫފާނެއްގައި 11 މީހުން މަރުވެ 20 މީހުން ގެއްލިފައިވާ ކަމަށް އެ ސްޓޭޓްގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފި އެވެ.
ރިއޯ ގްރާންޑޭގެ ސަރުކާރުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ އަވަށްތަކުގައި ގެއްލުނު އިތުރު 20 މީހުން ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރު ބޭނުންކޮށްގެން ކުރަމުންދާ ކަމަށެވެ.
ތޫފާނުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ 8،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކާރާ އަވަށަށެވެ.
ކާރާގެ ޙާލަތު ވަރަށްގޯސް، ބޮޑަށް ގެއްލުންލިބުނު ސަރަހައްދުތައް އަވަހަށް މެޕްކޮށް، އެހީތެރިކަން ބޭނުންވާ މީހުން ދެނެގަތުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް،" އެ ސަރަހައްދަށް ޒިޔާރަތް ކުރެއްވި ރިއޯ ގްރާންޑޭ ޑޯ ސުލްގެ ގަވަރުނަރު އެޑުއާޑޯ ލެއިޓް ވިދާޅުވި އެވެ.
ހުކުރު ދުވަހުގެ ރެއާ ހަމައަށް އިރުމަތީ އައްސޭރިފަށުގައި އޮންނަ މުނިސިޕަލްޓީއެއް ކަމަށްވާ މަކުއިން އަށް ގާތްގަނޑަކަށް އެއް ފޫޓުގެ ވާރޭ ވެހިފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.
ހާލުގައި ޖެހިފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ގިނަ ބަޔަކު ވަނީ އެމީހުންގެ އަވަށްތަކުގެ އައުޓްޑޯ ކުޅިވަރު ފެސިލިޓީތަކުގައި ހިޔާވަހިކަން ހޯދާފައެވެ. ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ފުރުސަތު އޮންނާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފަ އެވެ.
ލީޓޭ އިން ބުނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި 2،400 މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކޮށްފައިވާ ކަމަށެވެ.
" ފުރަތަމަ އަޅުގަނޑުމެންގެ އެންމެ ބޮޑު މަގްސަދަކީ އިންސާނުންގެ ފުރާނަ ހިމާޔަތްކޮށް ސަލާމަތްކުރުން. ތާށިވެފައި ތިބި މީހުން ސަލާމަތްކޮށް، ގެއްލުނު މީހުން ހޯދައި، އާއިލާތަކަށް ހުރިހާ އެއްބާރުލުމެއް ދެމުން މިދަނީ،" އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތެއްގެ އޮފިޝަލަކު ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުންޏެވެ.
ބްރެޒިލްގައި ފެންބޮޑުވުމަކީ އާންމު ކަމަކަށްވާއިރު، އަޤައުމަކީ އެތައް ޒަމާނެއް ވަންދެން މިފަދަ ތޫފާންތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ގައުމެކެވެ.
މި ލިއުމާއި ގުޅޭ