Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ވިލިނގިލިން ގެއްލިގެން ހޯދަމުން އައި މީހާ ފެނިއްޖެ

ގއ. ވިލިނގިލިން ގެއްލިގެން ހޯދަމުން އައި އައްސަދު އަހުމަދު ރޭ ދަންވަރު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުން ދަނިކޮށް ރޭ ދަންވަރު ގެއަށް ދިޔައީ އަމިއްލައަށް ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އައްސަދު 38، ގެއްލިގެން ހޯދަން ފެށީ އޭނާގެ ހަބަރެއް ނުވާތާ އެއް ދުވަސް ވީ ފަހުން އޭނާ ގެއްލުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.

އައްސަދަކީ ރަށުގައި ބޭރު މީހުން ގޮވައިގެން ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އާއިލާ މީހަކު ގުޅުމުން އިއްޔެ މެންދުރު އައްސަދު ފޯނު ނެގާފައިވެއެވެ. ނަމަވެސް 14 ސިކުންތަށް ދެމިގެންދިޔަ އެކޯލުގައި އައްސަދު އެއްވެސް ވާހަކައެއް ދައްކާފައިނުވާއިރު އޭގެ ފަހުން އައްސަދުގެ ފޯނަށް ނުގުޅުނެވެ.

މި ލިއުމާއި ގުޅޭ