Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަޖެޓު ޑެފިސިޓު

ދުވާލަކު 31 މިލިއަން ރުފިޔާއިން ބަޖެޓު ދަރަނި އިތުރުވަނީ!

މި އަހަރުގެ ދައުލަތުގެ ބަޖެޓު ދަރަނި 5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި 1 ޖެނުއަރީ އިން ފެށިގެން 8 ޖޫންގެ ނިޔަލަށް ބަޖެޓު ދަރަނީގެ ގޮތުގައި 5.08 ބިލިއަން ރުފިޔާ އަރާފައިވެއެވެ. އެއީ ދުވާލަކަށް 31 މިލިއަން ރުފިޔާގެ ދަރަންޏެވެ.

ފާއިތުވި އަހަރުގެ މި މުއްދަތުގެ ބަޖެޓު ދަރަންޏަކީ 4.1 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން މިދިޔަ އަހަރާ އަޅާ ބަލާއިރު ބަޖެޓު ދަރަނި ގާތްގަނޑަކަށް 900 މިލިއަން ރުފިޔާއިން މިވަނީ އިތުރުވެފައެވެ. މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 14.5 ބިލިއަން ރުފިޔާ ލިބުނުއިރު 19.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭގެތެރެއިން ހިންގުމުގެ ހަރަދަކީ 13.3 ބިލިއަން ރުފިޔާއެވެ. ހިންގުމުގެ ހަރަދު އިތުރުވެފައިވަނީ ސަރުކާރުން އެކިއެކި ނަންނަމުގައި ވަޒީފާތައް އުފައްދައި އެ ފަރާތްތަކަށް މުސާރަ ދޭން ހަރަދުކުރަން ޖެހޭތީއެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި 6.2 ބިލިއަން ހަރަދުވެފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކޮށްފައިވަނީ 4.3 ބިލިއަން ރުފިޔާއެވެ.

އަހަރުގެ މެދަށް އައިއިރު ބަޖެޓު ދަރަނި 5 ބިލިއަނަށް އަރާފައިވާއިރު މި އަހަރު ނިމޭއިރު ބަޖެޓު ދަރަނި 12 ބިލިއަނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. ފާއިތުވި އަހަރުވެސް ބަޖެޓު ދަރަނި 12 ބިލިއަނަށް ވުރެ އިތުރުވިއެވެ.

ލިބޭ އާމްދަނީއަށްވުރެ ގިނައިން ސަރުކާރުން ހަރަދުކުރަމުންދާއިރު ކުރާ ގިނަ ހަރަދަކީ އިޤްތިސާދީ ކުރިއެރުމަށް ކުރާ ހޭދައަށްވުރެ ހިންގުމުގެ ހަރަދުތަކެވެ.

މި ލިއުމާއި ގުޅޭ