Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެތުލެޓިކްސް

އިންޑިއާގެ ސްޓޭޓްތަކަށް ބާއްވާ އެތުލެޓިކްސް މުބާރާތުގައި ރާއްޖެ އިން ވާދަކުރަނީ

އިންޑިއާގެ ސްޓޭޓްތަކަށް އަމާޒުކޮށްގެން ބާއްވާ އެތްލެޓިކްސް މުބާރާތެއްގައި ރާއްޖޭގެ ގައުމީ އެތްލެޓިކްސް ޓީމް ވާދަކުރަން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

މި މަހުގެ 15 އިން 18 އަށް އިންޑިއާގެ ބުބަނޭޝްވަރުގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ވާދަކުރާ ދުވުންތެރިންނަކީ ހަސަން ސާއިދު، އަޙްމަދު ނަޖުދާން އަބްދުﷲ، ހުސެއިން ރިޒާ، ހުސެއިން ފަޒީލް ހާރޫން އަދި ޒިވާ މޫސާ ޝަފީއުއެވެ. މިއީ 62 ވަނަ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެ އިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި ވާދަކުރަން ހޮވި ފަސް ދުވުންތެރިންނަކީ އަންނަ އޮގަސްޓު މަހު މަޑަގަސްކަރައިގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ތައްޔާރުވަމުން އަންނަ އެތުލެޓިކްސް ސްކޮޑުގައި ހިމެނޭ ދުވުންތެރިންނެވެ.

އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް އޮތް ދުވަސްކޮޅެއްގައި އިންޑިއާގެ ސްޓޭޓްތަކަށް އަމާޒުކޮށްގެން ބާއްވާ މިފަދަ މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމެއް ވާދަކުރަން ނިންމުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔައިފައެވެ.

މީގެ ކުރީގެ ސަރުކާރުތަކުގައި އިންޑިއާގެ ސްޓޭޓް ތަކަށް ބާއްވާ މިފަމުބާރާތް ތަކުގައި ރާއްޖެއިން ބައިވެރި އެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ