Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްވެރިކަން

ވައިފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ ނެގުން ހުއްދަކޮށްފި

ވައިފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ ނެގުން ދިވެހިރާއްޖޭގައި ހުއްދަ ކޮށްފިއެވެ.

މަސްވެރިކަމުގެ އާއްމު ގަވައިދަށް ބަދަލުގެނެސް އިއްޔެއިން ފެށިގެން އަމަލު ކުރަމުންދާ ގަވައިދުގެ ދަށުން ފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ ނެގުން ވަނީ ހުއްދަ ކޮށްފައެވެ.

އެ ގަވައިދުގައި ބުނެފައިވަނީ ގައުމީގޮތުންނާއި ބައިނަލްއަގްވާމީގޮތުން ގަބޫލުކުރާ ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިގެން ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރުން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގޭނެ ކަމަށެވެ.

ހުއިފިލަނޑާ ނެގުން ހުއްދަކޮށްފައިވާއިރު ހުއިފިލަނޑާ އާލާކޮށް ބޮޑުކުރުމަށްފަހު މާކެޓް ކުރުމަށް އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން 2016 ވަނަ އަހަރު ދެރަށެއްގައި ބޮޑު މަޝްރޫއެއް ފަށާފައިވެއެވެ. ނަމަވެސް އެމަސައްކަތް ކުރިއަކަށް ނުދިޔައެވެ.

މި ލިއުމާއި ގުޅޭ