Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ސަލީމް (އޭދަފުށީ)

މީގެ ކުރިންވެސް ރާއްޖެއަށް ކާޑު ގެނައީ އިންޑިޔާ ސިފައިން ތިބެގެނެއް ނޫން: ސަލީމް

މީގެ ކުރިންވެސް ރާއްޖެއަށް ކާޑު ގެނައީ އިންޑިޔާ ސިފައިން ތިބެގެނެއް ނޫން ކަމަށް މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަވެއްޖެނަމަ ދިވެހިރާއްޖެއަށް ކާޑުގެ ބާވަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނުމާއި ގުޅިގެންނެވެ.

މިކަމާ ގުޅިގެން ސަލީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިއީނުރައްކާތެރި ވާހަަކައެއް. މީގެ ކުރިންވެސް ރާއްޖެއަށް ކާޑު ގެނައީ އިންޑިޔާ ސިފައިން ތިބެގެނެއް ނޫން. މީ އަހަރެމެންގެ ގައުމު. އިންޑިޔާ ސްޓޭޓެއް ނޫން" ކަމަށެވެ.

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި، އެ ސިފައިންނަށް ސަރުކާރުން ކުރާ ހަރަދު ހޯދުމަށް 2020 ވަނަ އަހަރު "ދިޔަރެސް" ގެ ނޫސްވެރިޔާ އަހުމަދު އަޒާން، ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން އެ މައުލޫމާތު ނުދިނުމާއި ގުޅިގެން އަޒާން ވަނީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައެވެ.

އެ އޮފީހުން އެ މައްސަލަ ބެލުމަށްފަހު ވަނީ ޑިފެންސް މިނިސްޓްރީން ނިންމީ ރަނގަޅަށް ކަމުގައި ނިންމާފައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މި ނިންމުން އަޒާން މިހާރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، މިއަދު ކުރިއަށް ދިޔަ އެ މައްސަލައިގެ އަޑު އެހުމުގައި އޮތީ އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބުދާރީވުމެވެ. މި މައްސަލައަށް މިހާރު ޑިފެންސް މިނިސްޓްރީ ތަދައްޚުލްވެފައިވާއިރު މައްސަލާގައި ބަންޑާރަނައިބުގެ އޮފީހުން އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަކީލުން ބައިވެރިވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ލިޔުމުން ހުށަހަޅާފައިވާ ޖަވާބުގައި ބުނެފައިވާގޮތުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ އަދަދު ހާމަވުމަކީ ޤައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެކެވެ.

މިގޮތުން ރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވެފައި އަސާސީ ކަންކަމަށް ބޭނުންވާ ތަކެތި އެތެރެކުރުމަށްވެސް އެހެން ޤައުމުތަކަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު އެ މައުލޫމާތު ހާމަވެއްޖެނަމަ ކާޑުގެ ބާވަތްތައް ފަދަ އަސާސީތަކެތި ލިބުމުގައި ދަތިވުމާއި، އިންޑިއާއިން ފޯރުކޮށްދޭ އިންސާނިއްޔަތުކަމުގެ އެހީތަކަށްވެސް ހުއްޓުމެއް އަތުވެދާނެ ކަމަށް ބުނެފައިވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މި ޖަވާބު ތައްޔާރުކުރެއްވިއިރު ކޮމިޝަނަރަކަށް ހުންނެވީ ކުރީގެ ކޮމިޝަނަރު ހުސެއިން ފިޔާޒެވެ.

މި ލިއުމާއި ގުޅޭ