ސްކޫލު ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ރާއްޖޭގައި ފުރަތަމަ ގާއިމްކުރި ހެލްޕްލައިން (1484) އިފްތިތާހުކޮށްފިއެވެ.
ހެލްޕްލައިން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމުހުރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
އެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ހ. މީރުމާގައެވެ.
ސައިކޮލޮޖިކަލް ފަސްޓް އެއިޑް ހެލްޕްލައިން (1484) އަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްނަގައިގެން، ޔުނިސެފާއި ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއި އެކު ގާއިމްކޮށްފައިވާ ހެލްޕްލައިންއެކެވެ.
މި ހެލްޕްލައިނުގެ ހިދުމަތް ލިބޭނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 12:00 އަށެވެ.
އެގޮތުން އެ ހެލްޕްލައިން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި ސްކޫލުތަކުގެ ދަރިވަރުންނަށް ހިދުމަތް ހޯދޭނެއެވެ.