Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ރައީސް އިބްރާހީމްގެ އެންގެވުމަށް އެމްޑީޕީ މެމްބަރުން މަޖިލީހުގެ ޖަލްސާ ހުއްޓުވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 11 ވަނަ ޖަލްސާ މިއަދު ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރުން ހުރަސް އެޅުއްވުމުގެ ސަބަބުން ކުރިއަށް ނުގެންދެވިގެން ހުއްޓާލަންޖެހިއްޖެއެވެ.

މަޖިލީހުގައި ތިއްބެވި ރައީސް އިބްރާހީމަށް ތާއީދުކުރައްވާ މެމްބަރުން ދިޔައީ މިއަދުގެ ޖަލްސާ ފެށުނީއްސުރެ ނިޒާމީ ނުކުތާ ނަންގަވައި ރިޔާސަށް އުނދަގޫ ކުރައްވަމުންނެވެ. މިގޮތުން ވިލިފުށީ ދާއިރާގެ މެމްބަރު ހުސައިން އަފީފު ރިޔާސަތުގައި އިންނެވީ ކޮން ހައިސިއްޔަތަކުންތޯ ސުވާލުކޮށް މަޖިލީސް ހިންގުމަށް ހުރަސް އެޅިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މަޖިލީސް ހިންގެވުމަށް ހުރަސް އެޅީ ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެންގެވުމަކަށެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ ވަރަށް ފަޚުރުވެރިކަމާއި އެކު މަޖިލީހުގެ ކޮންޓްރޯލް އޮތީ އެމަނިކުފާނަށްކަން އިއުލާންކުރައްވާފައެވެ.

މިއަދުގެ ޖަލްސާ ފެށިގެން މާގިނައިރެއްނުވެ، ޖަލްސާ ކުޑަ ވަގުތުކޮޅަކަށް މެދު ކަނޑާލިއެވެ. ހުސްވަގުތަށް ފަހުން އަލުން ޖަލްސާ ފެށުމަށްފަހު ދެން އޮތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފުގެ ކުއްލި މައްސަލައެއް ހުށަހެޅުއްވުމެވެ. ސަރުކާރުން ބަދަލުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އެކި ކުންފުނިތަކަށް ދިނުމަށްފަހު އެ މައުލޫމާތު ސިއްރު ކުރުމާއި ގުޅިގެން އާދަމް ޝަރީފް މައްސަލަ ހުށަހަޅުއްވަމުން ގެންދެވިއިރުވެސް ރައީސް އިބްރާހީމްގެ މެމްބަރުން ދިޔައީ އަޑުގަދަކޮށް އެކަމަށްވެސް ހުރަސް އަޅަމުންނެވެ.

އެގޮތަށް ކަންތައް ކުރައްވާނަމަ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރިޔާސަތުން ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަންތައްތައް ނުހުއްޓުމުން އެންމެ ފަހުން ރިޔާސަތުން ވަނީ ޖަލްސާ ނިންމާލާފައެވެ.

މި ލިއުމާއި ގުޅޭ