Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤު

ރައީސް އޮފީހުގެ ލީގަލް އޮފިސަރު އޮފީހަށް ހާޒިރުނުވާތީ ރައީސްގެ ދަތުރު ހަރަދާއި ގުޅޭ އަޑުއެހުން ފަސްކުރަންޖެހިއްޖެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޤަތަރު، ޖަރުމަނު އަދި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުތަކާއި ގުޅޭ ބައެއް މައުލޫމާތައް ހާމަނުކުރި މައްސަލާގައި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ބޭއްވި އަޑުއެހުން ފަސްކުރަންޖެހިއްޖެއެވެ.

މިއަދު ހެނދުނު 10:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރަންޖެހުނީ ރައީސް އޮފީހުގެ ލީގަލް އޮފިސަރު މުޚުލިސް އާމިރު މިއަދު އޮފީހަށް ހާޒިރުވެފައި ނުވާތީއެވެ. އަދި ރައީސް އޮފީހުގެ ޤަވާއިދު އޮންނަ ގޮތުން އަޑު އެހުންތަކުގައި ލީގަލް އޮފިސަރެއް ބައިވެރިވާންޖެހޭ ކަމަށް އެ އޮފީހުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައުލޫމާތު ދީފައިވެއެވެ.

މުޚުލިސް މިއަދު އޮފީހަށް ހާޒިރުވެފައި ނުވާއިރު، ފޮރިން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރަންވެގެން އެ މައްސަލައާއި ގުޅޭ އަޑު އެހުމުގައި އޭނާ ދެއްކި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިގޮތުން އެއްވެސް ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކުރުމެއް ނެތި، އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް ބުނެ އަމިއްލައަށް ފެންނަ ގޮތުގެ މައްޗަށް ވާހަކަ ދައްކާފައިވެއެވެ.

މިއަދުގެ އަޑުއެހުން މުޚުލިސް އޮފީހަށް ނާންނާތީ ކެންސަލްވެފައިވާއިރު މީގެކުރިންވެސް މި މައްސަލައިގެ އަޑުއެހުން ރައީސް އޮފީހުގެ އިހުމާލުން ވަނީ ކެންސަލްވެފައެވެ.

ރައީސް އިބްރާހީމްގެ ސަރުކާރުން ވަރަށް ގިނަ މައުލޫމާތުތައް ސިއްރުކުރަން މަސައްކަތްކުރާއިރު، މިހާތަނަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަދި ކޯޓުންވެސް ވަނީ ރައީސް އޮފީހުން ސިއްރުކުރާ މައުލޫމާތުތައް ހާމަކުރަން އަންގާފައެވެ.

މި ލިއުމާއި ގުޅޭ