Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީ މަރުކަޒު

ވަކި ގޮތަކަށް ދީނީ ދަރުސްތައް ދިނުން މަނާކުރުމުން ޝައިޚް ފިކުރީގެ ކަންބޮޑުވުން!

ދީނާއި ސިޔާސަތު ވަކިކޮށް ވަކި ގޮތަކަށް ދީނީ ދަރުސް ދިނުން މަނާ ކުރުމާއި ގުޅިގެން ދީނީ އިލްމުވެރިޔާއައްޝައިޚް ހަސަން މޫސާ ފިކްރީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝައިޚް ފިކުރީ މިފަދައިން ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ ދީނީ އެކި މުނާސަބަތުތަކާއި ދީނީ ދަރުސްތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ޝައިޚް ފިކުރީ ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ މައްޗަށް އިސްވެ އޮންނަން ޖެހޭ އަސާސްއެއްކަމަށާއި އެޔާ ޚިލާފަށް އެކަން ކުރިއަށް ގެންދިއުމަކީ ލާދީނިއްޔަތުކަމަށެވެ.

އަދި ދީނާއި ސިޔާސަތު ވަކި ކުރުމަކީ ސެކިއުލާ ފިކުރު ފެށިގެން އައި ގޮތްކަމަށްވެސް ޝައިޚް ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބު 2023 ގެ ގަވާއިދުގައި ބުނެފައިވަނީ ދީނީ އެކި މުނާސަބަތުތަކާއި ދީނީ ދަރުސްތަކާއި ޚުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ގަވައިދުގައި އެފަދައިން ކަނޑައަޅާފައިވާއިރު މި ސަރުކާރުން ދީނީ އިލްމުވެރިންގެ އަޑުކަނޑުވަން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ދީނީ ކަންކަމަށް ހިތްވަރުދޭ އަދި އިސްލާމް ދީނަށް ނަސްރުދޭ މީހުންނަކީ ހައްދު ފަހަނަ އަޅާފައިވާ، ދީނީ ހަރުކަށި ފިކުރުގެ މީހުންކަމަށް ދޭހަވާ ގޮތަށް ސަރުކާރުގެ އަމަލުތަކުން ދޭހަވާއިރު، ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި އިސްލާމްދީނަށް ފުރައްސާރަ ކުރަމުންދާއިރު، އިސްލާމިކް މިނިސްޓްރީން އެކަމުގައި ބަހެއް ނުބުނާކަން ރައްޔިތުން ފާހަގަ ކުރެއެވެ. އަދި އެފަދަ މީހުންނާއި މެދު ދިވެހި ފުލުހުން ފިޔަވަޅު ނާޅާ ދޫކޮށްލާތީ އެކަމާ ރައްޔިތުން އަންނަނީ އެކި ޕްލެޓް ފޯމްތަކުގައި އަޑު އުފުލަމުންނެވެ.
މި ލިއުމާއި ގުޅޭ