Monday 17th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ސަލީމް (އޭދަފުށީ)

ބައެއް ނޫސްތަކުން ޕީޕިއެމް ހަލާކު ކޮށްލަން އުޅުނަސް އެކަމެއް ނުވާނެ: ސަލީމް

ބައެއް ނޫސްތަކުން ޕީޕިއެމް ހަލާކު ކޮށްލަން އުޅުނަސް އެކަމެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް އަށް ވުރެ މުސްތަގުބަލު އޮތް ޕާޓީއެއް ނެތް ކަމަށެވެ.

ސަލީމް މިހެން ވިދާޅުވެފައި މިވަނީ "މިހާރު" ނޫހުގައި ލިޔެފައިވާ ޚަބަރަކަށް އިޝާރާތް ކުރައްވައެވެ. އެނޫހުގައި ލިޔެފައިވާ ޚަބަރެއްގައި ބުނެފައިވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ ކުރިމަގެއް މި ވަގުތު ނެތް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ސެނެޓް މެމްބަރު އަހުމަދު ގާލިބް ޕީޕީއެމުން މިއަދު ވަކިވެއްޖެ ކަމަށެވެ.

އިދިކޮޅު އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް އުޅޭ ކަމަށް ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ބުނަމުންދާ ވާހަކަ އަށް އިދިކޮޅުން މީގެ ކުރިން ވެސް ވަނީ ރައްދު ދީފައެވެ.

އެކޯލިޝަނުން ބުނެފައިވަނީ އެ ކޯލިޝަން އޮތީ ރައީސް ޔާމީން އާ އެކު ވަރަށް ގަދަ ކޮށް ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެޕާޓީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

މި ލިއުމާއި ގުޅޭ