Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ރިޔާސީ ޓިކެޓް ލިބުމާއި ގުޅިގެން ރައީސް ނަޝީދުގެ މަރުހަބާ ގާސިމަށް!

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހުރީ ޕާޓީގެ ޓިކެޓު ރަސްމީކޮށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ހަވާލުކުރުމާއެކު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އޭނާއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ޤާސިމަށް ޓިކެޓު ދިނީ ރޭގައެވެ.

އެކަމާއި ގުޅިގެން ރައީސް ނޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ޓިކެޓް ލިބިވަޑައިގެންނެވި ގާސިމް އިބްރާހިމްއަށް މަރުހަބާ ވިދާޅުވެފައެވެ.

އަދި މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހިކުރުމަކީ އެންމެންގެވެސް ވާޖިބެއްކަމަށްވެސް ރައީސް ނަޝީދުގެ ޓްވިޓުގައި ވިދާޅުވެފައިވެއެވެ.

ޤާސިމަށް ޓިކެޓު ދިނީ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައެވެ. އެ ޖަލްސާއަށް ގިނަ އަދަދަކަށް ގޮނޑި ޖަހައި ކާނިވާ ސަރަހައްދު ތައްޔާރުކޮށްފައި އޮތް ނަމަވެސް ޖަލްސާއަށް ހާޒިރުވި މީހުންގެ އަދަދު މަދުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ގޮނޑިވަނީ ނަގާފައެވެ.

އެގޮތުން ރޭ 8:30 އަށް ގަޑިކިޔައިގެން ބޭއްވި ޖަލްސާ ފެށުނީ ގަނޑިން 10:00 ވީ ފަހުންނެވެ. ޖަލްސާއަށް ހާޒިރުވާނެކަމަށް ލަފާކުރި އަދަދަށް މީހުން ހާޒިރުވެފައިނުވާއިރު، އެ ޖަލްސާގައި ޤާސިމަށް ޓިކެޓު އަރުވާފައިވަނީ ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފެވެ.

ޤާސިމަށް ޓިކެޓު އެރުވުމުގެ އިތުރަށް ކެމްޕެއިނުގައި ބޭނުންކުރާ ލޯގޯއާއި ކެމްޕެއިނުގެ ރަސްމީ ލަވަވެސް ރޭގެ ޖަލްސާގައި އިފުތިތާހުކޮށްފައިވެއެވެ. ލަވައާއި ލޯގޯ އިފުތިތާހުކުރެއްވީ ޤާސިމެވެ.

2023 ވަނަ އަހަރަށް ޤާސިމުގެ ކެމްޕެއިން ޝިއާރެއްގެ ގޮތުގައި ބޭނުންކުރަނީ "ހާސްކަނޑައިލާ، ހަމަޖެހޭނެ"އެވެ. މި ޝިއާރަކީ މިފަހުން ހުޅުމާލޭގައި އޮޅުވާލައިގެން ޖުމްހޫރީ ޕާޓީން ބޭއްވި "ފުރަވީރުން" ހަރަކާތުގައި ޒުވާނުންނާ މުޚާތަބުކުރެއްވި ލަފުޒެކެވެ.
ޖުމްހޫރީ ޕާޓިއަކީ 2018 ވަނަ އަހަރު އިންތިޚާބުވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ އިއްތިހާދުގެ ބައިވެރިއެކެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމަށް ތާއީދުކުރުމުގެ ބަދަލުގައި އެ ޕާޓީން ވަކިން ނިކުތުމަށްވަނީ ނިންމާފައެވެ.
ފާއިތުވި ހަފުތާގައި ޤާސިމްވަނީ ރަސްމީކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމަށް ތާއީދުކުރެއްވެން ނެތްކަން އަންގަވާފައެވެ. ނަމަވެސް އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމަށް ތާއީދުކުރައްވާނެކަމުގެ ޔަގީންކަން ޤާސިމް ދެއްވާފައިވާތީ ޖޭޕީގެ ސްލޮޓުތަކުގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުން ވަކިނުކުރެއެވެ.
އަދި އިންތިޚާބުގެ ދެވަނަ ބުރުގައި ޤާސިމަށް ތާއީދުކުރައްވާނެކަމުގެ ޔަގީންކަން ދެއްވުމާ ގުޅިގެން ހުޅުމާލެއިން ޤާސިމްގެ ވިޔަފާރިއަށް ދީފައި އޮތް 30 މިލިއަން ރުފިޔާގެ ބިމެއްގެ ބަދަލުގައި 900 މިލިއަނެއްހައި ރުފިޔާގެ އަގުހުރި ދެ ބިން ތިލަފުށިން އޭނާގެ ކުންފުންޏަށް ދީފައިވެއެވެ.
މި ލިއުމާއި ގުޅޭ