Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަބްދުލްރަހީމް އަބްދުﷲ

ދިވެހީންގެ އުންމީދަކީ ރައީސް ޔާމީން: އަދުރޭ

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދެން މި ގައުމާ ދޭތެރޭ އޮތް އުންމީދަކީ ކުރީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައިވާތާ މިއަދަށް 900 ދުވަސް ހަމަވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިިދާޅުވީ މިއަދަކީ މި އަނިޔާވެރި ސަރުކާރުން ރައީސް ޔާމީނަށް ހަރާމް ހުކުމް ކޮށްގެން ޖަލުގައި ގެންގުޅޭތާ 900 ދުވަސްވީ ދުވަސް ކަމަށާއި ރައީސް ޔާމީނަށް މިސަރުކާރުން އަނިޔާކުރަމުން ގެންދަނީ ސަރުކާރުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ބަސް ވިދާޅުވެ ރައްޔިތުންނަށް އެކަންކަން ތިލަކޮށްދެއްވާތީ ކަމަށެވެ.
އެގޮތުން އަދުރޭ ވިދާޅުވީ މި ސަރުކާރުން ދިވެހިރާއްޖޭގައި އެހެނިހެން ދީންތަކުގެ މިނިވަންކަންދީ، ރާއްޖޭގެ މިނިވަންކަން ނަގައިލާ، ދައުލަތުގެ ޚަޒާނާ ދަވާލާ، ރާއްޖޭގެ ބިން ބިމާ ކަނޑު ވިއްކާ ހިންގަމުން އެތަކެއް ޖަރީމާތައް ހިންގަމުން ގެންދާ ކަމަށެވެ.

އަދި އެ ޖަރީމާތަކުގެ ހަގީގަތް ރައީސް ޔާމީން ރައްޔިތުންނާ ހަމައަށް ތިލަކޮށް ދެއްވާ އެ ކަންކަމާ ދެކޮޅަށް ގައުމާ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަނީ އެކަން ހުއްޓުވަން ކަމަށް އަދުރޭ ވިދާޅުވެފައިވެއެވެ.

ނަމަވެސް ރައީސް ޔާމީނެއް ނުހުއްޓުވޭނެ ކަމަށާއި އެމަނިކުފާނު އެބުރި ވަޑައިގަތުން އިހުނަށްވުރެ މާ ވަރުގަދަކޮށްކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ ދިވެހީންގެ އުންމީދަކީ ރައީސް ޔާމީން ކަމަށެވެ.

މި ލިއުމާއި ގުޅޭ