ހައިރާން ކުރުވަނިވި ގޮތަކަށް ޕާކިސްތާނުގެ މީޑިއާގެ ސަމާލުކަމުން ކުރީގެ ބޮޑުވަޒީރު އަދި ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ އިމްރާން ޚާން ގެއްލިފައިވާ ކަމަށް ފެނެއެވެ. އެއް ޒަމާނެއްގައި ޚަބަރުތަކުގެ ސުރުޚީތަކުގައި ބާރުގަދަ ނުފޫޒުގަދަ ލީޑަރު ކުއްލިއަކަށް ގެއްލުމާ ގުޅިގެން ގިނަ ޝައްކުތަކެއް އުފެދި، އޭނާ މިހާރު ހުރި ތަނާއި އޭނާ ނެތް ސަބަބުތަކާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ޕާކިސްތާނުގެ ކްރިކެޓްގެ ރަސްގެފާނު ޕާކިސްތާނުގެ އެންމެ އިސްވެރިޔާގެ މަޤާމަށް ވަޑައިގެންފައިވާއިރު، އިމްރާން ޚާން ޕާކިސްތާނުގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވުނީ އޭނާގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީއާ އެކުގަ އެވެ. 2018 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2022 ވަނަ އަހަރުގެ ޖުލައި މަހު އިސްތިއުފާ ދެއްވުމާ ހަމައަށް އެގައުމުގެ 22 ވަނަ ބޮޑުވަޒީރުކަން ކުރެއްވި އިރު، ޝައުގުވެރި ތަގުރީރުތަކާއި ޕޮޕިއުލިސްޓް އެޖެންޑާގެ ސަބަބުން މަޝްހޫރު ޚާން މީޑިއާގައި ހުންނެވުމަކީ ގައުމުގެ ލީޑަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު ދާއިމީ ސިފައެކެވެ.
ނަމަވެސް ފާއިތުވި މަސްތަކުގައި އިމްރާން ޚާންގެ މީޑިއާއިން ފެނުން ވަނީ މަދުވެފައެވެ. މި ކުއްލި ހިމޭންކަމުގެ ސަބަބުން އާންމުންނާއި ސިޔާސީ ޢިލްމުވެރިން ވަނީ އޭގެ އަސްލު ސަބަބުތަކާ މެދު ސުވާލު އުފައްދާފައެވެ. ބައެއް ތިއަރީތައް އުފެދި، ޝައްކުތަކަށް ތެޔޮ ޖަހައި، އާބާދީގެ މެދުގައި ބޮޑު ޝައުގުވެރިކަމެއް މި މައްސަލައަށް ވަނީ އުފެދިފައެވެ.
އެއް ހަމައަކުން ވިސްނާއިރު، އިމްރާން ޚާން މީޑިއާ އިން ވަކިވެވަޑައިގެންނެވީ އަލަށް އިންތިހާބުވި ސަރުކާރަށް ސެންޓަރ ސްޓޭޖަށް އައުމަށް ފުރުސަތު ދިނުމަށެވެ. މި ތިއަރީގައި ބުނަނީ އިމްރާން މީޑިއާއާއި ކުޑަކޮށް ނަމަވެސް ފެއަށް ޖެހިލެއްވީ ބޮޑުވަޒީރެއްގެ ގޮތުގައި އޭނާގެ ހިޔަނި އެޅި އާ ވެރިކަމުގެ އަމިއްލަ އައިޑެންޓިޓީއެއް ގާއިމްކޮށް ސިޔާސަތުތައް ތަންފީޒު ކުރުމަށް ޖާގަ ދިނުމުގެ ގޮތުންނެވެ. މި ބުނުމަކީ ޚާންގެ އަމާޒަކީ ޑިމޮކްރެޓިކް ޕްރޮސެސްއަށް ތާއީދުކުރުމާއި މުއައްސަސާތަކުގެ ދައުރުތަކަށް އިހުތިރާމް ކުރުން ކަމަށް ބުނާ ޚިޔާލާ އެއްގޮތް ބަޔާނެކެވެ.
އަނެއް ނަޒަރިއްޔާތުން ދޭހަވަނީ ކުރީގެ ބޮޑުވަޒީރުގެ ހިމޭންކަމަކީ ސްޓްރެޓެޖިކް ކަމެއް ކަމަށް ވެދާނެ ކަމަށެވެ. ބައެއް ސިޔާސީ ތަހުލީލު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިމްރާން ގެންގުޅެނީ އާންމުންގެ ޝުއޫރު ވަޒަންކޮށް، އޭނާގެ ޕާޓީގެ ސްޓްރެޓެޖީ އަލުން ވަޒަންކުރުމަށް ހިސާބު ޖަހާފައިވާ އުސޫލެކެވެ. މި ތިއަރީ ޕޮސްޓިއުލޭޓް ކުރާ ގޮތުގައި ޚާން ވިސްނަމުން ދަނީ ޕޮޓެންޝަލް ކަމްބޭކް އަކަށް ނުވަތަ އޭނާގެ ދެން އޮތް ސިޔާސީ ފިޔަވަޅެއް ރާވަމުން، އޭނާގެ ޕްލޭންތައް ފައިނަލް ކުރެވެންދެން ލޯ ޕްރޮފައިލްގައި ހުރެގެންނެވެ.
އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން އޭނާއަށް ތާއީދުކުރާ ގިނަ ބަޔަކު ނުކުމެ މުޒާހަރާކުރުމުގެ އިތުރުން އަސްކަރިއްޔާއަށް އަމާޒުކޮށް ވަނީ ހަމަނުޖެހުންތައް ހިންގާފައި --- ރޮއިޓާސް
މީގެ އިތުރުން ބައެއް ފާޑުކިޔުންތެރިންނާއި އިދިކޮޅު ފަރާތްތަކުން ލަފާކުރާ ގޮތުގައި އިމްރާން މީޑިއާގައި ނެތުމަކީ އޭނާ އަމިއްލަ އިޚްތިޔާރުން ނޫން ކަމަށާއި އޭގެ ބަދަލުގައި އެއީ އޭނާއަށް މަޖުބޫރީ ކަމެއް ކަމަށެވެ. އެމީހުން ބުނާ ގޮތުގައި ސަރުކާރުން ގަސްތުގައި ޚާންގެ ނުފޫޒު ކުޑަކޮށް، ޕީޓީއައި ޕާޓީ އެއްފަރާތް ކުރަން ޖެހިދާނެ އެވެ. ފާޑުކިޔުންތެރިން އިޝާރާތް ކުރަނީ ބޮޑުވަޒީރުކަމުން ޚާން އިސްތިއުފާ ދެއްވުމުން ސިޔާސީ ނުތަނަވަސްކަމާއި އޭގެ ފަހުން ބާރުގެ ޑައިނަމިކްސް ބަދަލުވުމާ ގުޅިގެން އުފެދުނު މައްސަލަތަކެވެ.
މިފަދަ ތަފާތު ހީކުރުންތައް ދައުރުވަމުންދާއިރު، ފާހަގަކުރުން މުހިންމީ އާންމުންގެ ލޮލުން އިމްރާން މުޅިން ނެތިގެން ގޮސްފައި ނުވާކަމެވެ. އޭނާ ވަނީ ދޭތެރެ ދޭތެރެއިން އާންމުކޮށް ހާޒިރުވެ ޕާކިސްތާނުގެ ފަރާތުން ޑިޕްލޮމެޓިކް ހަރަކާތްތަކުގައި ހަރަކާތްތެރިވެފަ އެވެ. ނަމަވެސް މި މިސާލުތައް ލިމިޓްވެ، ކުރިން އޭނާ މީޑިއާގައި އަދާކުރެއވި ރޯލާއި، ފޯރި ފެންނާކަށް މިހާރަކު ނެތެވެ.
ޕާކިސްތާނުގެ އާންމުން އިމްރާން މީޑިއާގެ ސަމާލުކަމަށް އެނބުރި އައުމަށް އިންތިޒާރު ކުރަމުންދާއިރު، އޭނާ ނެތުމުން ސިޔާސީ މަސްރަހުގައި ހުސްކަމެއް އުފެދިފައިވާކަން ސާފުވެ އެވެ. ޤައުމުގެ އިޤްތިޞާދާއި، ޚާރިޖީ ގުޅުންތަކާއި، ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިމެނޭ ގޮތަށް، ޕްރެޝަރ މައްސަލަތަކުގައި އޭނާގެ ޚިޔާލުތައް އަޑުއަހަން ގިނަ ރައްޔިތުން ތިބީ ކެތްމަދުވެފައެވެ.
އިމްރާން ޚާންގެ ހިމޭންކަން މުގުރާލައި މީޑިއާގައި ނެތުމުގެ ބަޔާނެއް ދޭންދެން ޝައްކުތަކާއި ތިއަރީތައް ދައުރުވަމުންދާނެ އެވެ. ޕާކިސްތާނުގެ މީޑިއާތަކުން މިހާރު އޭނާ ފަހަތަށް ޖެހިވަޑައިގަތުމުގެ ފަހަތުގައިވާ ހަގީގަތް ހާމަވެ، ނުފޫޒުގަދަ ލީޑަރާއި އޭނާގެ ސިޔާސީ ކެރިއަރާއި ބެހޭގޮތުން ކުރިން ނޭންގޭ އެތައްވާހަކަތަކެއް އެނގެމުން ދާނެކަން ޔަޤީނެވެ.