Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާސަންދަ

އާސަންދަ ބަޖެޓުގެ 96 އިންސައްތަ ހުސްވެއްޖެ

މި އަހަރަށް އާސަންދައަށް ކަނޑައެޅި ބަޖެޓުގެ 96 އިންސައްތަ ޚަރަދުކޮށްފިކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުތަކުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ޖަނަވަރީ މަހުން ފެށިގެން މި މަހުގެ 1 ވަނަ ދުވަހާ ހަމައަށް އާސަންދައަށް ޖުމްލަ 1,004.3 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

މި އަހަރަށް ލަފާކޮށް ފާއިތުވި އަހަރު ފާސްކުރި ބަޖެޓުގައި މި އަހަރު އާސަންދައަށް ކަނޑައަޅާފައިވަނީ ޖުމްލަ 1045.1 މިލިއަން (1.04 ބިލިއަން) ރުފިޔާގެ ބަޖެޓެކެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް އާސަންދައިގެ ބަޖެޓުގެ 96.1 އިންސައްތަވަނީ ޚަރަދުވެފައެވެ.

މި އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓު އެކުލަވައިލިއިރު އާސަންދައިގެ ޚަރަދު ކުޑަކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅައި ބަޖެޓުގެ ޑެފިސިޓު ކުޑަކޮށް ޚަރަދު ކުޑަކުރާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް ޚަރަދުކުޑަކުރަން އަޅަން ބަޖެޓުގައި ހިމެނި އެއްވެސް ކަމެއް ތަންފީޒުކުރެވިފައިނުވެއެވެ.

ފާއިތުވި އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހާހަމައަށް އާސަންދައިން ޚަރަދުވީ 765.4 މިލިއަން ރުފިޔާއެވެ. އެހެންކަމުން އާސަންދައިގެ ޚަރަދު މި އަހަރު ކުޑަވުމުގެ ބަދަލުގައި، މި އަހަރު މިހާތަނަށް ނިމުނު އަހަރަށްވުރެ އިތުރަށް 238.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އާސަންދަ އާއި އެންސްޕާއަށް ހަރަދުކުރާ ގޮތާއި މެދު ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށް، ހަރަދުކުރާ އުސޫލުތައް އިސްލާހުކުރުމަށް ލަފާދީފައެވެ. އެހެން ނަމަވެސް ސަރުކާރުން އެލަފާތަކަށް އަމަލުކޮށްފައިނުވެއެވެ.
މި ލިއުމާއި ގުޅޭ