Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިމްތިޔާޒު ފަހުމީ

އެމްޑީޕީ މިހާރު ވަނީ ވަގުންގެ ނެޓްވޯކް އަކަށް ވެފައި: އިންތި

އެމްޑީޕީއަކީ މިހާރު ވަގުންގެ ނެޓްވޯކްއަކަށް ވެފައިވާކަމަށާ، އެ ނެޓްވޯކް ފުނޑާލައި ދިވެހިރާއްޖެ ސަލާމަތް ކުރާނީ ދަ ޑިމޮކްރެޓްސް ޕާޓީން ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިފަދައިން ވިދާޅުވީ ދަ ޑިމޮކްރެޓްގެ ޖަގަހަ ހުޅުވަން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ މިހާރު ވަގުގެ ނެޓްވޯކަކަށް ވެފައިވާކަމަށާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ އިތުބާރު އެ ޕާޓީއަށް މިހާރު ގެއްލިފައިވާކަމަށެވެ.
އެހެންވެ އާ ރުހަކާއި، އާ ހިތްވަރަކާއި އާ އަޒުމަކާއި އެކުގައި, ދިވެހިރާއްޖެ ސާފު މަގަށް ގެނެސްދިނުމަށްޓަކައި ދަ ޑިމޮކްރެޓްސް އުފައްދާފައިވަނީ އެކަމުން ދިވެހި ރާއްޖެ ސަލާމަތްކުރަން ކަމަށާއި އެ މަސައްކަތް ކާމިޔާބު ކުރާނެކަމަށްވެސް އިންތި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ހިނގަމުންދާ މި ޚުދުމުހުތާރު އަނިޔާވެރި ސަރުކާރުގެ ކިބައިން ދިވެހިރާއްޖެ ސަލާމަތްކޮށް އިންސާފާއި ހަމަހަމަކަން ނަގާލަމުންދާ ވައްކަމުގެ ނެޓްވޯކުގެ ކިބައިން ރައްޔިތުން ސަލާމަތްކުރާނީ ދަ ޑިމޮކްރެޓްސްއިން ކަމަށެވެ.

"އެމްޑީޕީއެއް ނޫން މިހާރު އެ ހިނގަނީ. އެއީ ވަގުންގެ ނެޓްވޯކް. އަދި އެ ނެޓްވޯކް އަޅުގަނޑުމެން ފުނޑާލާނަން. ދަ ޑިމޮކްރެޓްސްގެ ނުކުމެ އިރާދަކުރެއްވިއްޔާ، އެމްޑީޕީއާއި، މި ރާއްޖެއިގައި މި ހިނގާ ނާއިންސާފުން މި ގައުމު ސަލާމަތްކޮށްދޭނަން،" އިންތި ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ