Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް ޑިމޮކްރެޓްސް ހަރުގެ ކައިރިން ވަޑައިގަންނަވަނިކޮށް "ޗޯރު އިބޫ"އަށް ގޮވައިފި

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، ޑިމޮކްރެޓްސްގެ ޖަގަހަ ކައިރިން ވަޑައިގަންނަވަނިކޮށް އެ ޕާޓީގެ ސަޕޯޓަރުން އެމަނިކުފާނަށް "ޗޯރި އިބޫ"އަށް ގޮވައިފިއެވެ.

ޑިމޮކްރެޓްސް ސަޕޯޓަރުން "ޗޯރު އިބޫ"އަށް ގޮވާފައިވަނީ އެ ޕާޓީގެ ޖަގަހާގައި ޖަލްސާއެއް ކުރިއަށް ގެންދަވަނިކޮށް އެތާ ކުރިމަތިން ރައީސް އިބްރާހިމް ވަޑައިގަންނަވަނިކޮށެވެ.

ޑިމޮކްރެޓްގެ ސަޕޯޓަރުން ރައީސް އިބްރާހީމަށް އެފަދައިން ގޮވާފައިވާއިރު އެމަނިކުފާނު އެންމެ ބޮޑަށް ކޯފާވެވަޑައިގަންނަވަނީ އެމަނިކުފާނާ ދިމާލަށް "ޗޯރު އިބޫ" އޭ ގޮވުމުން ކަމަށް މީގެ ކުރިން "ދިޔަރެސް"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެގޮތުން ރައީސް އިބްރާހިމަށް ނިސްބަތްކޮށް "ޗޯރު އިބުރޭ" މިހެން ކިޔާ ލަވަތަކެއް ނުދައްކަން ޗެނަލް 13 އަށް އަންގައި، އެ ލަވަތައް މީގެ ކުރިން ދެއްކި މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވަނީ ބަލަން ފަށާފައެވެ.

ރައީސް އިބްރާހީމަށް ޗޯރު އިބޫ އޭ އެންމެ ފުރަތަމަ ކިޔަފެށީ އިދިކޮޅު ޕީޕީއެމްގެ މުޒާހަރާތަކުންނެވެ. އެގޮތުން އިދިކޮޅު މުޒާހަރާތަކުގައި ރައީސް އިބްރާހީމަށް ނިސްބަތްކޮށް "ޗޯރު އިބޫ"، "އިބޫ ޗޯރު"، "ޗޯރު އިބްރާހީމް" ފަދަ ނަންތައް ގޮވައެވެ. އަދި އެމަނިކުފާނު ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރު ރަށްތަކުން އެއްވާ މީހުންވެސް ހަމަ އެގޮތަށް ގޮވައެވެ.

ޕީޕީއެމް ސަޕޯޓަރުންގެ އިތުރުން، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުންވެސް މިހާރު ދަނީ ސޯޝަލް މީޑިއާގައިވެސް ރައީސް އިބްރާހީމަށް ނިސްބަތްކޮށް "ޗޯރު އިބޫ" ފަދަ ނަންތައް ބޭނުން ކުރަމުންނެވެ.
މި ލިއުމާއި ގުޅޭ