Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

ރައީސް ޔާމީންގެ އުޖާލާ ޒަޢާމަތެއްގެ ޒަމާން ރައްޔިތުން އަދިވެސް ބޭނުންވޭ: ޝިޔާމް

ކުރީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އުޖާލާ ޒަޢާމަތެއްގެ ޒަމާން އަދި އެއްފަހަރު ދެކެން ރައްޔިތުން ބޭނުންވާކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުން މިހާތަނަށް 2023 ގެ ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރި ހުރިހާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ރިޔާސީ ޓިކެޓި އެރުވުނު ޙަފްލާތަކުން މަޖުބޫރުކަމެއްނެތި ހިތު ލޯބިން އެންމެގިނަ ރައްޔިތުން ޖަމާވިތަން ފެނުނީ ރައީސް ޔާމީނަށް ޓިކެޓު އެރުވުނު ހަފްލާއިންކަމަށެވެ.

އެގޮތުން ރައީސް ޔާމީނަކީ 2023 ގެ ރިޔާސީ ޓިކެޓު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ކެންޑިޑޭޓުކަމަށް ވާއިރު އެންމެ ގިނަ ދިވެހިރައްޔިތުން ތާޢީދު ކުރާ އަދި ﷲ ގެ ތަނަވަސް ރަޙުމަތުން 2023 ކާމިޔާބު ކުރައްވާނެކަމުގެ އެންމެ ބޮޑު އުންމީދަކާ ޔަޤީންކަމެއްވެސް އޮތް ލީޑަރުކަމަށް ޝިޔާމް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ ދިވެހިން މިހާރު ބަރުދާސްތު ކުރާ ހިތްދަތި މާޔޫސް އަދި އަޅުވެތި ދުވަސްތައް މާޒީކުރުވާ ރައްޔިތުންނަށް މިނިވަންކަމާ އުފާފާގަތިކަން ކަށަވަރުކޮށްދޭނެ އުޖާލާ ޒަމާނެއް މިދީބަށް ހޯއްދަވައިދެއްވާނެ ލީޑަރަކީވެސް ރައީސް ޔާމީންކަމަށެވެ.
މެންބަރު ޝިޔާމް ވަނީ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމަށް 4 އަހަރާ 7 މަސްވީއިރު ރައީސް ޔާމީން ނުހައްގުން ޖަލުގައި ގެންގުޅޭތާ 900 ދުވަސްވީކަން ވެސް ފާހަގަކުރައްވާފައެވެ.
އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލަ އަކީ ބޮޑު ޙިޔާނާތެއް ނަމަވެސް މިސަރުކާރުން އެކަން ހާދާފައިވަނީ ސިޔާސީ ތޫނު ހަތިޔާރަކަށްކަމަށާއި ރައީސް ޔާމީންގެ ހަމައެކަނި ކުށަކީ 2023ގެ ރިޔާސީ ރޭހުގައި ރައީސް އިބްރާހިމްއާ ވާދަކުރައްވާކަމަށް އެމަނިކުފާނަށް ހީފުޅުވުންކަމަށެވެ.

ނަމަވެސް ރައީސް ޔާމީން އެއިން އެއްވެސް ކެންޑިޑޭޓަކާ ވާދަ ނުކުރައްވާކަމަށާއި އެމަނިކުފާނު އަބަދުވެސް ވިދާޅުވާ ފަދައިން އެމަނިކުފާނު ވާދަ ކުރައްވަނީ ޤައުމުގެހުރި ބޮޑެތި މައްސަލަތަކާއި ރައްޔިތުންގެ ހުރި ބޮޑެތި ތަކުލީފުތަކާ ކަންބޮޑުވުން ތަކާއި އެކަންކަމަށް ތަސައްލީއެއް ހޯއްދަވައިދެއްވުމަށްކަމަށެވެ.

މީގެއިތުރުން ރިޔާސީ ކެންޑިޑޭޓުންގެ ވައުދުނާމާ އޮއްސާލެއްވިއިރު ވަޢުދުތައް އެބޭބޭފުންގެ އިސްކޮޅާ ނުބައްދަލުކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ގިނަ ދާއިރާތަކުން ކޮށްދެއްވާނެކަމަށް އެބޭފުޅުން ވިދާޅުވެފައިހުރި ކަންކަމަކީ ރައީސް ޔާމީންގެ ދައުރުގައި އަމަލުން ޖައްސަވާފައިހުރި ބެންޗުމާކަށްވުރެ ތިރީ ވަޢުދުތައްކަމަށެވެ.
އެހެންކަމުން އަންނަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމަންޖެހޭ ނިންމުން ވަރަށް ފަސޭހަވެފައިވާކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ބަންގީގެ އަޑު އިވޭ މިނިވަން ޖައްވަކަށްނޭވާލާ، ފުދުންތެރި އަބުރުވެރި އަމާން ރައްކާތެރި ދިރިއުޅުމެއްކަމަށެވެ.

އޭގެއިތުރަށް ރައްޔިތުން ބޭނުންވަނީ ލޮލަށްފެންނަ އަތްލެވޭ ތަރައްޤީ ކަމަށާއި ރައްޔިތުން ބޭނުންވަނީ އަދި އެއްފަހަރު ރައީސް ޔާމީންގެ އުޖާލާ ޒަޢާމަތެއްގެ ޒަމާންކަމަށްވެސް ޝިޔާމް ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ