އިސްރާއީލު ސިފައިންގެ އުދުވާންތައް ކަވަރު ކުރަމުންދިޔަ ފަލަސްތީނުގެ ނޫސްވެރިއެއްގެ ބޮލަށް ބަޑިޖަހައި ޒަހަމްކޮށްލައިފިއެވެ.
އިސްރާއީލުން ފަލަސްތީނުގެ ނޫސްވެރިއެއްގެ ބޮލަށް ބަޑި ޖެހީ ހުޅަނގު އައްސޭރީގެ ރާމަالله ސިޓީއަށް ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ހަމަލާއެއް ދިނުމަށް ފަހު އެވެ.
އިސްރާއީލްގެ ހަމަލާ ކަވަރު ކުރަމުން ދިޔަ މޮމެން ސުމްރީން، 22، ގެ ބޮލަށް ރަބަރު ވަޒަނެއް އަރައިފައިވާ ކަމަށް އޭނާގެ އާއިލާއިން އޭއެފްޕީ އަށް ބުންޏެވެ.
ޒަޚަމްވި ނޫސްވެރިޔާގެ ކާފަ އަދި ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ސުމްރީން ބުނި ގޮތުގައި އެ މީހުން ނަކީ ކައިރީގައި ހުރި ފުރާޅުމަތިން ހާދިސާތައް ބަލަމުން ދިޔަ ނޫސްވެރިންގެ ތެރޭގައި ހިމެނޭ މީހުންނެވެ.
"މުޅި ކަވަރޭޖްގައި ސިފައިން ތިބީ ލޭޒާ ލައިޓްތައް އަލިކޮށް، ގޭސް ބޮމުން އަޅުގަނޑުމެންނަށް އަމާޒުކޮށް، ލައިވް ބުލެޓް ތައް އަޅުގަނޑުމެންނާ ދިމާލަށް ފޮނުވަމުންދިޔަ،" އޭނާ އޭއެފްޕީއަށް ކިޔައިދިނެވެ.
އިސްރާއީލްގެ އަސްކަރިއްޔާއިން ބުނީ އެ ހާދިސާ "ރިވިއު ކުރަމުން އަންނަ" ކަމަށެވެ.
ޚަބަރުތައް ބުނާގޮތުގައި ނޫސްވެރިޔާގެ ބޮލަށް ވަޒަން އެރި ނަމަވެސް ނަސީބަކުން ފުރާނައަށް ގެއްލުން ނުވެ އޭނާގެ ހާލު މިހާރު އަންނަނި ރަނގަޅު ވަމުންނެވެ.
އިއްޔެ ހަމަލާތައް ކަވަރުކުރަމުން ދިޔަ އިތުރު ނޫސްވެރިޔަކުވްސް ޒަޚަމްވެފައިވާއިރު، ފަލަސްތީނުގެ ޕްރެސް ސިންޑިކޭޓުން ބުނި ގޮތުގައި ދެވަނަ އަށް ޒަޚަމްވި މީޑިއާ ރިޕޯޓަރު، ރާބިހް އަލް މުނީރު ޒަހަމްވެފައި ވަނީ ރަބަރު ކޯޓެޑް މެޓަލް ރައުންޑުން ބަނޑަށް ބަޑިޖެހުމުގެ ސަބަބުންނެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މި ހަމަލާގައި 35 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ފަލަސްތީނުގެ އޮފިޝަލުންނާ ހަވާލާދީ އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ "ދަ ގާޑިއަން" އިން ބުނެފައި ވަނީ ބަޑިޖެހުމުން ތިން މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އިސްރާއީލުން ހިންގި އޮޕަރޭޝަނުގައި ފަލަސްތީނުން ވަނީ އަސްކަރިއްޔާގެ ވެހިކަލްތަކަށް ހިލަ އުކާފައެވެ.
މިހާދިސާ ހިނގާފައި މިވަނީ ފަލަސްތީނުގެ މަޝްހޫރު އެމެރިކާގެ ނޫސްވެރިޔާ ޝީރީން އަބޫ އަކްލޭހް ޖެނިން ރެފިއުޖީ ކޭމްޕަށް އަސްކަރިއްޔާއިން ދިން ހަމަލާއެއް ކަވަރު ކުރަމުން ދަނިކޮށް އިސްރާއީލު ސިފައިން ޝަހީދުކޮށްލިތާ އަހަރެއްހާ ދުވަސް ފަހުނެވެ.
ސުމްރީން ފަދައިން އޭނާ ވެސް ހުރީ ޕްރެސް ވެސްޓެއް އަޅައިގެންނެވެ. އިސްރާއިލް ސިފައިން ގެ ހަމަލާގައި އެނޫސްވެރިޔާ މަރާލުމުގެ ސަބަބުން މުޅި ދުނިޔޭގައި ވަނީ ނުރުހުން އުފެދިފައެވެ.
ދާދި ފަހުން އިސްރާއީލް ސިފައިން ރާމަالله އަށް ދިން ހަމަލާގައި އެ މީހުން ވަނީ އިސްލާމް އަލް ފާރޫގުގެ ގެ ގޮއްވާލައިފަ އެވެ.
އިސްރާއީލްން ތުހުމަތުކުރާ ގޮތުގައި އަލް ފާރޫގު، 26، ވަނީ މިދިޔަ ނޮވެމްބަރު މަހު ގުދުސްގެ ދެ ބަސް ސްޓޮޕެއްގައި ބޮން ގޮއްވާލައި ދެ މީހަކު މަރާލައި 20 މީހަކު ޒަހަމްކޮށްލައިފަ އެވެ.