Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖުމްހޫރީ ޕާޓީ

ޤާސިމަށް ޓިކެޓު ދޭ ޖަލްސާއަށް މީހުން ހަމަނުވުމާ ގުޅިގެން ޖެހި ގޮނޑިތައް ނަގަން ފަށައިފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޤާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ޖަލްސާއަށް މީހުން ހަމަނުވުމާ ގުޅިގެން ކާނިވަލުގެ ފަހަތުގައި ޖަހާފައި ހުރި ގިނަ ގޮނޑިތައް ނަގަން ފަށައިފިއެވެ.

މިރޭ 8:30 އަށް ކިޔާފައިވާ ޖަލްސާއަށް މީހުން ހަމަނުވުމާ ގުޅިގެން ކާނިވަލުގެ ފަހަތުގައި ޖަހާފައި ހުރި ގޮނޑި ބަރިތައް ނަގަން ފަށާފައިވާއިރު، 9:00 އާ ހަމައަށްވެސް ޖަލްސާއަށް ޖެހި ގިނަ ގޮނޑިތައް ހުރީ ހުހަށެވެ.

މިރޭގެ ޖަލްސާއަށް އައުމަށް ފައިސާ ހުށަހެޅި ބައެއް ގުރޫޕުތަކަށް ފައިސާ ނުލިބުމުގެ ސަބަބުން ޖަލްސާއަށް އަންނަން ކަނޑައެޅި ވަގުތަށް އެ ގުރޫޕުތައް ހާޒިރުނުވިއެވެ. ޖޭޕީގެ އިސްވެރިން އާދޭސްކުރެއްވުމަށްފަހު، ދޭން ބުނި ފައިސާ ހަމަޖެއްސުމާއެކު އެއިން ބައެއް ގުރޫޕުތައް މިހާރު ޖަލްސާއަށް ހާޒިރުވެފައިވެއެވެ.

ގުރޫޕުތައް ޖަލްސާއަށް އައި ނަމަވެސް އަންދާޒާކުރި އަދަދާ ގާތަށްވެސް ޖަލްސާއަށް މީހުން ނައުމާ ގުޅިގެން ފަހަތުގައި ޖަހާފައި ހުރި ގޮނޑި ބަރިތައް ހުރީ ހުސްކޮށެވެ. އެހެންވެ ފަހުން އެ ގޮނޑިތައްވަނީ ނަގާފައެވެ.

މިހާރު ޤާސިމް ޖަލްސާއަށް ވަޑައިގެންފައިވާއިރު، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މިރޭގެ ޖަލްސާ ފެށިގެންދާނެކަމަށްވެއެވެ.

މި ލިއުމާއި ގުޅޭ