އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއަކީ ތަޖުރިބާކާރު ވިސްނުން ތޫނު ޕޮލިޓީޝަންއެއްކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
އަލީ ނިޔާޒު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އޮތީ މަސައްކަތްތައް ހުއްޓި މަޖިލިސް ޑެޑްލޮކަށް ދާ ގޮތަކަށް ނޫން ކަމަށް ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔަކު އޭނާއަށް ފާޑު ކިޔުމާއި ގުޅިގެންނެވެ.
އެގޮތުން މެންބަރު އަސްލަމް އެފަދައިން ވިދާޅުވި ނަމަވެސް މަޖިލީހުގެ ގަވާއިދު އޮތީ ހަމަ ސީދާ ޑެޑްލޮކްއަކަށް ދާ ގޮތަށް ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ވެސް ވިދާޅުވެފައިވެއެވެ.
އެކަމަށް ރައްދު ދެއްވައި އަލީ ނިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔަކު ގަސްތުގާ މަޖްލިސް މަރުތަޅު އަޅުވައިގެން ކަމަށްބުނެ މަޖްލިސް ހުއްޓުވާފަ އޮންނަ އޮތުމަށް ހައްލު ހޯދޭނެ ވިސްނުމާއި އުކުޅު މެންބަރު އަސްލަމްގެ ކިބައިގާ ހުންނާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށެވެ.
އެކަން ފާހަގަކުރައްވާ އަލީ ނިޔާޒު ވިދާޅުވީ އަސްލަމް އަކީ ތަޖުރިބާކާރު ވިސްނުން ތޫނު ޕޮލިޓީޝަންއެއްކަމަށެވެ.