Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަތުރުފަތުރު

މެއި މަހުގެ ނިޔަލަށް ސަރުކާރު ދަތުރު ޚަރަދުތައް 100 މިލިއަނަށްވުރެ މައްޗަށް!

މި އަހަރުގެ މެއި މަހުގެ ނިޔަލަށް ސަރުކާރުން ދަތުރުތަކަށް 100 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި 1 ޖެނުއަރީ 2023 އިން 1 ޖޫން ގެ ނިޔަލަށް ސަރުކާރުން ދަތުރުތަކަށް 101.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރަށްވުރެ 15.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ސަރުކާރުން ދަތުރުތަކަށް ޚަރަދުކޮށްފައިވަނީ 86.4 މިލިއަން ރުފިޔާއެވެ.

އަހަރުގެ މިހާތަނަށް އައިއިރު ސަރުކާރު ދަތުރުތަކަށް ގިނަ އަދަދެއްގެ ރުފިޔާ ޚަރަދުކޮށްފައިވާއިރު އަހަރު ފެށުނީއްސުރެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ގެންދެވީ ދަތުރުކުރައްވަމުންނެވެ.
މިއަހަރު ދަތުރުތަކަށް މުޅި ޖުމުލަ ބަޖެޓުކޮށްފައިވަނީ 210.2 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ އަދަދަށް ވުރެ އިތުރަށް ސަރުކާރުން ދަތުރުތަކަށް ޚަރަދުކުރާނެކަމަށް ބެލެވެއެވެ. މިދިޔަ އަހަރުވެސް ދަތުރުކުރަން ބަޖެޓުކުރިވަރަށް ވުރެ އެތަށް މިލިއަނެއް ސަރުކާރުން ދަތުރުތަކަށް ހޭދަކޮށްފައިވެއެވެ.
ދަތުރުތަކަށް މިހާތަނަށްވެސް ބޮޑު ޚަރަދެއްކޮށްފައިވާއިރު މިއީ އިންތިހާބު އަހަރު ކަމުން، ރައީސް އިބްރާހިމް ރާއްޖޭގެ އެކި ހިސާބުތަކަށްވެސް ދައުލަތުގެ ޚަރަދުގައި ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ބައެއް ބޭރު ޤައުމުތަކަށް ދަތުރުކުރެއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ކޮންމެ އަހަރުވެސް ސަރުކާރުން ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރެއެވެ. އެގޮތުން ފާއިތުވި އަހަރުވެސް ރައީސް އިބްރާހިމާއި ސަރުކާރުގެ އިސްވެރިން ވަނީ ގައުމުން ބޭރަށް ގިނަ ދަތުރުތަކެއް ކުރައްވާފައެވެ. މީގެ ކުރިން ރައީސް އިބްރާހިމް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނަކީ ވަރަށް ގިނައިން ދަތުރުކުރާ ހިތްވާ ބޭފުޅެކެވެ.
މި ލިއުމާއި ގުޅޭ