Friday 1st Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ލިޔުންތައް އޮޅުވާލި ކަމަށްބުނެ އިތުރު ދައުވާ ތަކެއް ޓްރަމްޕްގެ މައްޗަށް އުފުލައިފި

ޖޫން 8 (ރޮއިޓާސް) - އެމެރިކާގެ ލިޔުންތައް އޮޅުވާލި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ބުރާސްފަތި ދުވަހު ލިޔުއްވާފައިވާ ގޮތުގައި، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ސަރުކާރުގެ ނާޒުކު ލިޔުންތައް އޮޅުވާލި ކަމަށް ބެލެވޭތީ އެވެ.
ޓްރަމްޕް ގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވާ ގޮތުގައި ބައިޑަންގެ ސަރުކާރުން އަޅުގަނޑުގެ ވަކީލުންނަށް އަންގާފައި ވަނީ ބޮކްސް ހޯކްސްގެ މައްސަލާގައި އަޅުގަނޑުގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޓްރަމްޕްގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވަނީ ސިއްރު ލިޔުންތައް ބެލެހެއްޓުމާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ހަތް ދައުވާކަށެވެ.
ޓްރަމްޕް ލިޔުއްވާފައިވާ ގޮތުގައި އަންގާރަ ދުވަހު މިއާމީގައި ހުންނަ ފެޑެރަލް ކޯޓްހައުސްއަށް ހާޒިރުވުމަށް އޭނާ ވަނީ ހާޒިރުކޮށްފަ އެވެ.
މިމައްސަލައާއި ބެހޭގޮތުން ޓްރަމްޕްގެ ވަކީލުން އަދި ވަކިއެއްޗެއް ނުބުނެއެވެ. މި މައްސަލައިގެ ތަހުގީގު ބަލަހައްޓާ ސްޕެޝަލް ކައުންސެލް ޖެކް ސްމިތުގެ ތަރުޖަމާނަކު މިކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ދެކޮޅު ހެއްދެވި ކަމަށް ރޮއިޓާސްއިން ބުނެއެވެ.
ޓްރަމްޕަށް ކުރަނީ ކޮން ތުހުމަތެއް ކަމެއް ރޮއިޓާސްއަށް އަދި އެނގިފައެއް ނުވެއެވެ. އެފްބީއައިގެ އެޖެންޓަކު މިދިޔަ އަހަރު ފެޑެރަލް ކޯޓަކަށް ދިން ބަޔާނެއްގައި ބުނެފައި ވަނީ ގިނަ ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ގަބޫލު ކުރެވޭ ސަބަބެއް އެބައޮތް ކަމަށާއި އޭގެ ތެރޭގައި އިންސާފު ޤާއިމް ކުރުމަށް ހުރަސް އެޅުމާއި ނާޒުކު ދިފާއީ ރެކޯޑްތައް ގާނޫނާ ހިލާފަށް ހިފެހެއްޓުން ހިމެނޭ ކަމަށެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ގެންދަނީ 2021 ވަނަ އަހަރު ވައިޓް ހައުސްއިން ނުކުމެވަޑައިގަތުމަށްފަހު ޓްރަމްޕް ހިފަހައްޓަވާފައިވާ ސިއްރު ލިޔުންތައް އޮޅުވާލެއްވިތޯ ބަލަމުންނެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ފްލޮރިޑާގެ ޕާމް ބީޗްގައި ހުންނަ ޓްރަމްޕްގެ މާ-އޭ-ލާގޯ އެސްޓޭޓުން ގާތްގަނޑަކަށް 13،000 އެއްހާ ލިޔުން އިންވެސްޓިގޭޓަރުން ވަނީ އަތުލައިގެންފަ އެވެ. ޓްރަމްޕްގެ ވަކީލަކު މީގެ ކުރިން ކްލެސިފައިޑް މާކިން ޖަހާފައިވާ ހުރިހާ ރެކޯޑެއް އަނބުރާ ސަރުކާރަށް ދީފައިވާ ކަމަށް ބުނި ނަމަވެސް، ސަތޭކައެއްހާ ލިޔުން ވަނީ ކްލެސިފައިޑްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.
ޓްރަމްޕް މީގެ ކުރިން ވެސް ވަނީ ލިޔުންތައް ހިފެހެއްޓުން ދިފާއު ކުރައްވައި، އެ ލިޔުންތައް ރައީސްކަމުގައި ހުންނެވި އިރު ޑިކްލެސިފައި ކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމުގެ ހެއްކެއް ޓްރަމްޕް ދެއްވާފައި ނުވާއިރު، އޭނާގެ ވަކީލުން ވަނީ ކޯޓު ތަކުގެ ފައިލިންތަކުގައި އެ ވާހަކަ ދެއްކުމަށް ދެކޮޅު ހައްދަވާފަ އެވެ.
މި ލިއުމާއި ގުޅޭ