މިދިޔަ އަހަރުގެ ފަހުކޮޅު ގުދުސްގައި ދިން ނުރައްކާތެރި ހަމަލާގެ ތުހުމަތު ކުރެވޭ އުމުރުން 26 އަހަރުގެ ފަލަސްތީނުގެ މީހެއްގެ ޢާއިލާއަށް ނިސްބަތްވާ ފަލަސްތީނުގެ 13 މީހަކު، އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ވަރުގަދަ ހަމަލާތަކެއްގައި ޒަޚަމްކޮށްލައި އެ އާޢިލާ ރާމަﷲގައި ދިރިއުޅުނު ގެ ގޮއްވާލައިފިއެވެ.
މިދިޔަ ނޮވެމްބަރު މަހު ގުދުސްގެ ދެ ބަސް ސްޓޮޕެއްގައި ބޮން ގޮއްވާލައި ދެ މީހަކު މަރާލައި 20 މީހުން ޒަހަމްކޮށްލި ކަމަށް އިސްރާއީލުން ތުހުމަތު ކުރާ އިސްލާމް އަލް ފާރޫގުގެ ގެ އަސްކަރިއްޔާއިން ގޮއްވާލީ އެހަމަލާގެ ރައްދު ދިނުމުގެ ގޮތުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
އަލް އަރަބީ އަލް-ޖާދީދު އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާގެ އެތައް ވެހިކަލަކުން ރާމަالله އަށް ވަދެ، ފާރޫޚު އާއިލާގެ ގެ ތަޅާލުމަށް ތިން ދިމާއަކުން ބުލްޑޯޒަރުތައް ބޭނުން ކޮށްގެން ވަދެގެންފައިވެއެވެ.
އެ ގެ ގޮއްވާލުމަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 13 މީހުން ޒަހަމްވެފައިވާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނު މީހުންނާ ދިމާލަށް ކަރުނަ ގޭހާއި ލައިވް ބުލެޓް ޖަހާފައިވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ބުނީ، އިސްރާއީލުގެ އަސްކަރިއްޔާގެ ސިފައިން ލައިވް ފަޔަރ ބޭނުންކޮށްގެން މީހުން ދުރަށް ޖައްސާފައިވާ ކަމަށާއި، އެމަސައްކަތުގެ ތެރޭގައި ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.
އިސްރާއީލުގެ އިންޓެލިޖެންސުން ފާރޫގު ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހު ގުދުސް އަށް ދިން ހަމަލާގެ ތުހުމަތުގަ އެވެ. އެ މީހުން ބުނާ ގޮތުގައި އެ ހަމަލާގެ މެކޭނިކަލް އިންޖިނިއަރަކީ އައިއެސް ޖަމާއަތާ ގުޅުން ހުރި މީހެކެވެ.
އިސްރާއީލުން އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރީގެ ގެތައް ތަޅާލުމަށް އަމުރުކޮށް، ފަލަސްތީނު އޮތޯރިޓީ (ޕީއޭ) ގެ ވެރިރަށް ރާމަاللهގައި ހުރި ފަލަސްތީނު މީހުންގެ ގެތައްވެސް މަދުން ނަމަވެސް ގެންދަނީ ފުޑުފުޑު ކުރަމުންނެވެ.
ފަލަސްތީނު މީހުންގެ ގެތައް ތަޅާތީ އދ އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ ފާޑުކިޔަމުންނެވެ.
އިސްރާއީލުގެ ވަނީ ފަލަސްތީނުގެ އެ އިމާރާތްތަކަކީ ގާނޫނާ ހިލާފަށް ހަދާފައިވާ އިމާރާތްތަކެއް ކަމަށް ބުނެ އެއިމާރާތްތައް ތަޅާ ހުސްކުރާނެކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް، އިސްރާއީލުން އެބުނާ ޕްލޭނިން ޕާމިޓް ހޯދުމަކީ ފަލަސްތީނު މީހުން ދެކޭގޮތުގައި އަމިއްލަ ބިމުގައި ކޮންމެހެން ކުރަންޖެހޭ ލާޒިމް ކަމެއް ނޫނެވެ.