އިދިކޮޅު ކޯލިޝަނުން މާލޭގައި ކޮންމެ ރެއަކު ކުރިޔަށް ގެންދާ ސިލްސިލާ އިހްތިޖާޖުގެ ތެރެއިން އިންޑިއާ އައުޓް ދިދަ ބޭނުން ކުރުމުން ބަޔަކު ހައްޔަރުކޮށްފި އެވެ.
ރޭގެ އިހްތިޖާޖުގައި އިދިކޮޅު ސަޕޯޓަރުން އިންޑިއާ އައުޓް ދިދަ ނެގުމުން ފުލުހުން ވަނީ އެ ދިދަ ނުނެގޭނެ ކަމަށް އަންގައިފައެވެ.
ނަމަވެސް އިހްތިޖާޖުގެ ބައިވެރިން ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ.
އިހްތިޖާޖުގެ ބައިވެރިން ބުނަމުން ގެންދިޔައީ ރާއްޖޭގެ ދާޚިލީ ކަންކަމަށް އަތް ބާނަމުންގެންދާ އިންޑިއާގެ ސިފައިން މި ގައުމުން ބޭރުކުރަން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް އަޑު އުފުލޭނެ ކަމަށެވެ.
އިހްތިޖާޖްގެ ބައިވެރިން ދިޔަ ތިރިކުރުމަށް އިންކާރު ކުރުމުން ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ މައްސަލާގައި ގިނަ ރައްޔިތުން ދަނީ އެކަމާ ދެކޮޅަށް އެކި ޕްލެޓްފޯމް ތަކުގައި ނުރުހުން ފާޅު ކުރަމުންނެވެ.