Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ވަހީދު (ވައްޑެ(

ރައީސް އިބްރާހީމުގެ ސަރުކާރުގެ ބައެއް "ކާމިޔާބުތައް" ވައްޑެ ވިދާޅުވެދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ބައެއް "ކާމިޔާބުތައް" ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަޙީދު ވިދާޅުވެދެއްވައިފިއެވެ.

ސަރުކާރުގެ ބައެއް ސިފަތައް ބަޔާންކުރައްވައި ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަނޑިޔާރުންނަށް ނުފޫޒުފޯރުވައިގެން ސަރުކާރުން ފަނޑިޔާރުގެއާ ގުޅެފި ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އަންނަނީ ޖުޑީޝަލް ސާވިސް ކޮމިޝަން މެދުވެރިކޮށް ސަރުކާރުން ޖުޑީޝަރީ ކޮންޓުރޯލުކުރާކަމަށް ތުހުމަތުކުރަމުންނެވެ.

އެގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނަމުން އަންނަނީ އެ އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދެ ބުރެއްގެ މަތިން އިއްވި ޖަލު ހުކުމްތަކަކީ ރައީސް އިބްރާހީމުގެ ސަރުކާރުން ނުފޫޒު ފޯރުވައިގެން އިއްވި ހުކުމްތަކެއްކަމަށެވެ. އެ ވާހަކައަށް ބާރުލިބޭ ފަދަ އޯޑިއޯތަކެއް ލީކުވި ނަމަވެސް އެ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މަޖިލީހުގެ ރައީސާއި ނައިބުރައީސް ވަކިކުރަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ހުށަހަޅާފައިވާ މައްސަލަތަކަށް އިޝާރަތްކުރައްވައި ވައްޑެ ވިދާޅުވީ މަޖިލީހުގައި ފާޑުކިޔާ އަޑު ކަނޑުވައިލުމަށް މަޖިލިސް މަރުތަޅު އަޅުވައިފި ކަމަށެވެ.

އަދި ސަރުކާރުން މީޑިއާތަކަށް ފައިސާ ބަހައިގެން މީޑިއާތައް ގަނެލައި ސަރުކާރު ޖަވާބުދާރީކުރުވުން ހުއްޓުވައިފިކަމުގައިވެސް ވައްޑެ ވިދާޅުވިއެވެ. ހަމައެހެންމެ ޗާގޮސްގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައިގެ އިންވަކިކުރުމުގައި ސަރުކާރުން އަމަލުކުރި ގޮތާ ގުޅިގެން، ސަރުކާރުން ރާއްޖޭގެ ކނަޑުން ބައެއް ވިއްކާލައިފި ކަމުގައިވެސް ވައްޑެ ވިދާޅުވިއެވެ.

މި ސަރުކާރަށް ތުހުމަތުވާ ކޮރަޕްޝަނާއި ފަސާދައިގެ އެކި މައްސަލަތަކާއި އެ މައްސަލަތަކުގައި ތުހުމަތުވާ އެކި ބޭފުޅުންނާމެދު ފިޔަވަޅެއް އަޅާފައިނުވާތީ އެކަމަށް އިޝާރާތްކުރައްވައި ވައްޑެ ވިދާޅުވީ ވައްކަމާއި ކޮރަޕްޝަނަކީ "ފެޝަނަކަށް" މި ސަރުކާރުން ހަދައިފި ކަމަށެވެ.

މި ލިއުމާއި ގުޅޭ