Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް އޮފީސް

ރައީސް މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު 241 ކޮމިޓީން އެދިއްޖެނަމަ ދޭނަން: ސަރުކާރު

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެދިއްޖެ ނަމަ އެ ކޮމިޓީއަށް ދޭނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ ދެ ގައުމުގެ ދޭތެރޭ ހިނގާ އެފަދަ މުއާމަލާތްތައް އަބަދުވެސް އޮންނާނީ ސިއްރުކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ 241 ކޮމެޓީން އެދިއްޖެ ނަމަ އެ ކޮމެޓީއަށް ސިޓީ ހިއްސާ ކުރައްވާނެކަމަށާއި އަދި އެއީ ސިއްރިޔާތުގައި ހިނގާ ކަންކަމެއް ނޫން ކަމަށެވެ.

އެގޮތުން ރާއްޖެއިން ހުށަހެޅި ޑޮކިއުމަންޓްތައް ވެސް އިޓޮލޮސްގެ ވެބްސައިޓުގައި ވެސް ފެންނަން ހުންނާނެކަމަށް މިއުވާން ވިދާޅުވެފައިވެއެވެ.

މިއުވާން އިތުރަށް ވިދާޅުވީ އިމުގެ މައްސަލާގައި ސަރުކާރުން ކަންކަން ސިއްރުކުރާ ކަމަށް ބުނަނީ ސިޔާސީ ވާހަކަ ދައްކައި އޮޅުވާލަން ކަމަށާއި ޗާގޮސް މައްސަލައާ ގުޅިގެން ކުރެވިފައި ހުރިން ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުންވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ރައީސް އިބްރާހިމް ފޮނުއްވި ސިޓީ 241 ކޮމެޓީއަށް ހިއްސާ ކުރާނެކަމަށް ރައީސް އޮފީހުން ބުނެފައިވާއިރު އެ ސިޓީފުޅު ހޯދުމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު ބައެއް މެންބަރުން އިއްޔެ ރައީސް އޮފީހަށް ވަޑައިގަތެވެ. އޭތެރޭގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނާއި ދަ ޑިމޮކްރަޓްސްގެ މެންބަރުންގެ އިތުރުން އެމްއެންޕީގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ނަމަވެސް ރައީސް އޮފީހުން ވަނީ އެ ސިޓީ ދިނުމަށް ދެކޮޅު ހަދާފައެވެ.

އީސް އޮފީހުން އެ ސިޓީ ހާމަކުރަން ދެކޮޅު ހަދާފައިވާއިރު މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީގެ މުގައްރިރު ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ކޮމިޓީން ހޯދާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ