Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް އިބްރާހިމަށް ތާއީދު ނުކުރާތީ އައްޑޫ ފެނަކައިގެ މުވައްޒަފަކު ސަސްޕެންޑުކޮށްފި

ރައީސް އިބްރާހީމަށް ތާއީދު ނުކުރާތީ، އައްޑޫ ފެނަކައިގައި މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.

މަރިޔަމް މުހައްމަދު ނަމަކަށް ކިޔާ ފޭދޫއަށް ނިސްބަތްވާ އެ ފަރާތަކީ މީގެކުރިން އެމްޑީޕީގެ ހަރަކާތްތަކުގައި ވަރަށް ހީވާގެ ފަރާތެކެވެ. އެހެން ނަމަވެސް މަރިޔަމް ނިސްބަތްވަނީ އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަނަށެވެ. އަދި ދާދިފަހުން މަރިޔަމް ވަނީ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކޮށްފައެވެ.

"ދިޔަރެސް" އަށް މައުލޫމާތު ދެމުން މަރިޔަމް ބުނި ގޮތުގައި ޑިމޮކްރެޓްސްއަށް ސޮއިކުރަން އުޅޭކަން އެނގިގެން ފޭދޫ ދާއިރާގެ މެމްބަރު ނިހާދުވަނީ މީހަކު ފޮނުވައިގެން ވަޒީފާގެ ބިރު ދައްކާފައިކަމަށެވެ. އަދި ސޮއި ކުރިކަން އެނގުމާއި އެކު ސަސްޕެންޑު ކުރިކަމުގެ ނޯޓިސް ފޮނުވިކަމަށް މަރިޔަމް ބުންޏެވެ.

އެ ނޯޓިސްގައި ބުނެފައިވަނީ ފެނަކައިގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މަރިޔަމް 30 ދުވަހަށް މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކޮށްފައިވާކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމަށް އެ ނޯޓިސްގައި ބުނެފައިނުވެއެވެ.

"މި ވަޒީފާގައި އުޅޭތާ މޭއި މަހަށް އަހަރެއްވީ. މިހާތަނަށް އެއްވެސް މައްސަލައެއް ޖެހިފައި ނެތް" މަރިޔަމް ބުންޏެވެ.

މަރިޔަމް ވަޒީފާއިން ސަސްޕެންޑުކޮށްފައިވާއިރު މީގެކުރިންވެސް ސަރުކާރަށް ތާއީދު ނުކުރާ ފަރާތްތައް ސަރުކާރު ކުންފުނިތަކުން ވަނީ ވަކިކޮށްފައެވެ. އަދި ދާދިފަހުން ފެނަކައިގެ މެނޭޖަރަކު ވަނީ، ސަރުކާރަށް ފާޑުކިޔާ މުވައްޒަފުންނަށް އަދަބު ދޭނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ރައީސް އިބްރާހީމް ވެރިކަމަށް ވަޑައިގަތީ ވަޒީފާގެ ބިރުވެރިކަން ނައްތާލާނެ ކަމަށް ވިދާޅުވެއެވެ. އެހެން ނަމަވެސް ވެރިކަމަށް ވަޑައިގެން ސަރުކާރުގެ މުވައްޒަފުން މީގެ ކުރިން ދުވަހަކުވެސް ތަހައްމަލު ނުކުރާވަރުގެ ބިރުވެރިކަމެއް އެމަނިކުފާނު ވަނީ އުފައްދަވާފައެވެ.

މި ލިއުމާއި ގުޅޭ