Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖުޑީޝަރީ

ނުފޫޒުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ތަޖުރިބާއެއް ނެތް ގައްދޫ އިސްމެޖިސްޓްރޭޓު އައްޔަންކުރަނީ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ތަޖުރިބާ އެންމެ މަދު އަދި ތައުލީމީ ގޮތުންވެސް ފެންވަރު އެންމެ ދަށް ގައްދޫ ކޯޓުގެ މެޖިސްޓްރޭޓު މުހައްމަދު ޝަނީޒު ޢަބްދުﷲ އެ މަޤާމަށް އައްޔަންކުރަން ނިންމައިފިއެވެ.

ޝަނީޒު އެ މަޤާމަށް އައްޔަންކުރަން ނިންމުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ނުފޫޒު ފޯރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ނަސީރުކަމަށް ޖޭއެސްސީގެ އިސްވެރިޔަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވިއެވެ.

"ޝަނީޒު ހައިކޯޓަށް އައްޔަންކުރަނީ ރާއްޖެއިން ބޭރުން ތައުލީމު ހާސިލުކުރައްވައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި އެތައް އަހަރަކު މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ޤާބިލު ބޭފުޅުންނާއި، ސުޕީރިއާ ކޯޓުތަކުގައި އެތައް އަހަރެއް މަސައްކަތްކުރައްވާފައިވާ އެކްސްޕީރިއެންސްޑް ޖަޖުންވެސް މި މަޤާމަށް ކުރިމަތިލާފައި ތިއްބާ،" ޖޭއެސްސީގެ ވެރިޔާ ބުންޏެވެ. އޭނާ އިތުރަށް ފާހަގަކުރެއްވީ ޝަނީޒަކީ އޭނާއާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ބޭފުޅެއްކަމެވެ. އޭގެ ތެރޭގައި މައްސަލަތަކާ ގުޅިގެން ފައިސާ ނަންގަވާކަމުގެ ތުހުމަތުކުރެވިފައިވުންވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ފާހަގަކުރީ ކުރިން ޖޭއެސްސީން ކޯޓަށް މީހުން އައްޔަންކުރުމުގައި އަމަލުކުރާ އުސޫލަކީ އެ ކޮމިޝަނުން އިއުލާނުކުރާ މަޤާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވިވަޑައިގެންނެވި ބޭފުޅަކު ކުރިއާލާ އިއުލާނުކުރުމަށްފަހު، އެ ބޭފުޅަކަށް މަޤާމު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައި ހުވައިކުރެއްވުން ކަމަށެވެ. ނަމަވެސް ޝަނީޒު ހައިކޯޓުގެ ފަނޑިޔާރުކަމަށް ހޮވިކަން ކޮމިޝަނުން އިއުލާނުނުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަނީޒު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުން މިއަދު ހެނދުނު 9:15 ގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އިދާރާގައި އޮންނާނެކަމަށްވެސް "ދިޔަރެސް"އަށް އިތުބާރުކުރެވޭ މަސްދަރުތަކުންވަނީ ކަށަވަރުވެފައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިން އިއުލާނުކުރުމުން ވަރަށް ޤާބިލު ތައުލީމީ ތަޖުރިބާކާރު ބޭފުޅުން ގެންދެވީ އެ މަޤާމުތަކަށް ކުރިމަތިލައްވަމުންނެވެ. ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެ މަޤާމަށް ބޭފުޅުން އިޚުތިޔާރުކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން މިހާރަކަށް އައިސް މަޤާމުތަކަށް ތައުލީމީ ތަޖުރިބާކާރު ބޭފުޅުން ކުރިމަތިލައްވާ އަދަދު އަންނަނީ މަދުވަމުންނެވެ.

ހައިކޯޓަށް އެންމެ ފަހުން އައްޔަންކޮށްފައިވަނީ ވ.އާރަށް މައްސަލާގައި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވި ކުރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ އަޙްމަދު ޝަކީލެވެ. އޭނާ އެ މަޤާމަށް ނަގާފައިވަނީ އޭނާއަށްވުރެ ތައުލީމީ އަދި ޤާބިލު ބޭފުޅުން އެ މަޤާމަށް ކުރިމަތިލައްވާފައިވަނިކޮށެވެ.

މި ލިއުމާއި ގުޅޭ