Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްރީލަންކާ

ސްރީލަންކާގައި މުޒާހަރާ ކުރަމުން ދިޔަ ދަރިވަރުންނަށް ކަރުނަ ގޭހާއި ފެންބަޑީގެ ހަމަލާތަކެއް ދީފި

އަލްޖަޒީރާ (ޖޫން 7) - މިދިޔަ އަހަރު ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލައި ވެރިރަށުގައި މުޒާހަރާ ކުރަމުން ދިޔަ އެތައް ސަތޭކަ ދަރިވަރުންގެ ގަޔަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން، ކަރުނަ ގޭހާއި ފެން ބަޑީގެ ހަމަލާތަކެއް ދީފި އެވެ.
މުޒާހަރާގެ ބައިވެރިން ބުދަ ދުވަހު ބުނީ އެތައް ސަތޭކަ ދަރިވަރުންނާއި އެކްޓިވިސްޓުން ޖަލަށް ލުމަކީ ސިޔާސީ ގޮތުން ލިބޭ އަނިޔާއެއް ކަމަށެވެ.
ސްރީލަންކާގައި އިޤްތިޞާދީ ގޮތުން ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާގެ ސަބަބުން މިދިޔަ އަހަރު ވެސް އެތައް މަހެއްވަންދެން ވަނީ ޢާއްމުން ނުކުމެ މުޒާހަރާތައް ކޮށްފައެވެ.
22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާތަކުގެ ނަތީޖާއަކަށްވީ އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައި ކުރު މުއްދަތަކަށް ފިއްލެވުމެވެ.
ވެރިރަށް ކޮލަމްބޯގެ ބޭރުން ރިޕޯޓުކުރާ އަލްޖަޒީރާގެ މިނެލް ފެނާންޑޭޒް ވިދާޅުވީ ދަރިވަރުންގެ މުޒާހަރާތައް ހުއްޓުވަން ކަރުނަ ގޭހާއި ، ފެންޖަހާފައިވާ ކަމަށެވެ.
އަލަޖަޒީރާގެ ރިޕޯޓަރު ބުނީ މުޒާހަރާތައް ހުއްޓުވުމަށް ޓަކައި ސަރުކާރުން ދަނީ އެންމެމަތީ ފެންވަރަކަށް ބާރުގެ ބޭނުން ކުރަމުން ކަމަށެވެ.
"ޔުނިވާސިޓީގެ ދަރިވަރުން ބުނަނީ ސަރުކާރުން ހިންގާ މިފަދަ އަނިޔާވެރިކަމަކީ އެކުދިން ހުއްޓުވައި ހިމޭނުން ތިބޭނެ ކަމެއް ނޫން ކަމަށެވެ.
އަލްޖަޒީރާގެ ރިޕޯޓަރު އެމަންޒަރުތައް ކަވަރު ކުރަން އުޅުނުއިރު އޭނާގެ ބަޔަށްވެސް ފެންޖަހާފައިވާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗް ހިމެނޭ ގޮތަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ހަތް ޖަމާއަތަކުން މި އަހަރުގެ ކުރީކޮޅު ވަނީ މަޝްހޫރު ސްޓޫޑެންޓް އެކްޓިވިސްޓެއް ދޫކޮށްލުމަށް ސްރީލަންކާގައި ގޮވާލައި، ޓެރަރިޒަމާ ދެކޮޅަށް ހަދާފައިވާ ގާނޫނާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ