Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ހުޅުމާލޭގައި ފުލުހަކަށް އަނިޔާކުރި މައްސަލާގައި މީހަކު ހޯދަން އިއުލާންކޮށްފި

މިދިޔަމަހު ހުޅުމާލޭގައި ހުޅުމާލޭގައި ފުލުހަކަށް އަނިޔާކުރި މައްސަލާގައި މީހަކު ހޯދަން ފުލުހުންގެ މުއައްސަސާއިން އިއުލާންކޮށްފިއެވެ.
އެ މައްސަލާގައި ހޯދަމުން އަންނަނީ ފުވައްމުލަކު، ދަޑިމަގު/ބޭރެފީށި، މުހައްމަދު އަންސާމް އިބްރާހީމް، 23 އެވެ.
ފުލުހުން މިއަދުކުރި އިއުލާންގައި ބުނީ އޭނާ ހޯދަނީ ފުލުސް މީހާއަށް ހަމަލާދިނުމުގެ އިތުރުން ފުލުހުން ބަލަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށެވެ. އެ ދެ މައްސަލާގައި ފުލުހުން އޭނާ ހޯދަމުންދާއިރު، އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރެއްވެސް ވަނީ ނެރެފައެވެ. ފުލުހުން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ސާޖަންޓަކަށް ހަމަލާދީފައިވަނީ ގްރޫޕަކުންނެވެ. އޭނާގައިގައި ތަޅައި އަނިޔާކުރި މައްސަލައިގައި ހަމަ އެ ރޭ ހަތަރު މީހަކު ހައްޔަރުކުރި އެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން މިދިޔަ މަހުގެ 23ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 21 އަހަރުގެ ފިރިހެނެއްގެ ބަންދަށް 15 ދުވަސް، 33 އަހަރު މީހެއްގެ ބަންދަށް ފަސް ދުވަސް އަދި 42 އަހަރާއި 44 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހައިފަ އެވެ.
މާރާމާރީގައި އަނިޔާވި ފުލުސްމީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، ހޮސްޕިޓަލުން ބުނީ އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. ފުލުސްމީހާއަށް ފަރުވާ ދިނުމަށް ފަހު ހަމަ އެ ރޭ އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
މި ލިއުމާއި ގުޅޭ