Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކުވައިތުގެ ޢާއްމު އިންތިޚާބު ވޯޓުގެ އަޣުލަބިއްޔަތު އިދިކޮޅުން ދަމަހައްޓައިފި

ފާއިތުވި ތިން އަހަރުގެ ތެރޭގައި ގަލްފުގައި ބޭއްވި ތިން ވަނަ އިންތިހާބުގައި ކުވައިތުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު މެމްބަރުން އަތުލައިފި އެވެ.
އަންގާރަ ދުވަހު ކުއްލި އިންތިޚާބެއް ބޭއްވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން މާލީ އިޞްލާޙުތަކަށް ހުރަސްއެޅުމުގެ ސަބަބުން ރައްޔިތުންގެ މަޖިލިސް ތަކުރާރުކޮށް އުވާލެވިފައިވާ ދަނޑިވަޅެއްގައެވެ.
އާ މަޖިލީހަކީ އިދިކޮޅު ފަރާތްތަކުގެ އަޣުލަބިއްޔަތު އޮތް މިދިޔަ އަހަރު އިންތިހާބުވި މަޖިލީހެވެ. ކުވައިތުގެ ރަސްމީ ނިއުސް އެޖެންސީން ބުދަ ދުވަހު އިއުލާނުކުރި ނަތީޖާދައްކާ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ 50 ގޮނޑީގެ ތެރެއިން 29 ގޮނޑި އިދިކޮޅު ސިޔާސީ ފަރާތްތަކުން ކާމިޔާބުކޮށްފައިވާއިރު، 37 މެމްބަރުން ވަނީ ގޮނޑި ދިފާޢުކޮށްފަ އެވެ.
"އޭގެ މައިގަނޑު މާނައަކީ ކުވައިތުގެ ސިޔާސީ މަސްރަހު އަދިވެސް އޮތީ ޑެޑްލޮކްގައި ކަމަށާއި ކުރިއަށް ނުދާނެ،" ކުވައިތު ސިޓީން ރިޕޯޓް ކުރާ އަލްޖަޒީރާގެ ރޮބް މެތެސަން ވިދާޅުވި އެވެ.
މެތެސަން އިތުރަށް ވިދާޅުވީ މި އިންތިޚާބުގައި ވޯޓުލާ މީހުންގެ ޢަދަދު މަދުކަމަށާއި، އެއީ އެންމެ 51 އިންސައްތަކަމަށާއި، މިކަމުން ދޭހަވަނީ ކުވައިތުގެ ރައްޔިތުން މިހާރު ހިނގަމުންދާ ސިޔާސީ މަރުޙަލާއާމެދު ހިތްހަމަނުޖެހުން އުފެދިފައިވާ މިންވަރު ކަމަށް އޭނާއާ ހާމަކުރެއްވިއެވެ.
މި އިންތިހާބު ބާއްވަން ނިންމީ ކުވައިތުގެ ދުސްތޫރީ ކޯޓުން މިދިޔަ އަހަރު ނެގި ވޯޓުގެ ނަތީޖާ ބާތިލްކޮށް، އޭގެ ފަހުން 2020 ވަނަ އަހަރު ބޭއްވި އެސެމްބްލީ އަލުން އިއާދަކުރުމާ ގުޅިގެންނެވެ. ނަމަވެސް މެއި މަހުގެ އެއްވަނަ ދުވަހު ވަލީއަހުދު ވަނީ އަލުން 2020 ވަނަ އަހަރުގެ އެސެމްބްލީ އުވާލައްވާފައެވެ.
ގަލްފުގެ އެހެން ރަސްރަސްކަލުންނަށް ވުރެ އެގައުމުގެ ނޭޝަނަލް އެސެމްބްލީގެ ނުފޫޒު ބޮޑެވެ، ބައެއް ފަހަރު އެގްޒެކެޓިވް ބްރާންޗަށް ގޮންޖެހުންތައް ކުރިމަތިކުރުވަ އެވެ.
ފަސް ދާއިރާއެއްގެ 50 ގޮނޑިއަށް 10 އަހަރުގެ އެންމެ ދަށް 207 ކެންޑިޑޭޓުން ވާދަކުރި އެވެ. އެސެމްބްލީގެ ބާކީ 15 ގޮނޑި ހާއްސަކޮށްފައި ވަނީ އައްޔަން ކުރާ ކެބިނެޓަށެވެ.
2022 ވަނަ އަހަރު ބާތިލްކުރި އެސެމްބްލީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިދިކޮޅު ކެންޑިޑޭޓް ޖިނާން ބޫޝެހްރީ ހޮވިވަޑައިގަތީ މަޖްލީހުގެ ހަމައެކަނި އަންހެން މެމްބަރުގެ ގޮތުގައެވެ.
ޕާލަމެންޓުގެ ކުރީގެ ރައީސް މަރުޒޫގު އަލް ޣަނީމް ވެސް ވަނީ އެސެމްބްލީއަށް އިންތިހާބުވެފަ އެވެ. އެ ގައުމުގެ ވިޔަފާރިވެރިން ތަމްސީލް ކުރައްވާ ނުފޫޒުގަދަ ސިޔާސީ ބޭފުޅަކު ގެންދަވަނީ ކުވައިތުގެ މިހާރުގެ އަމީރުގެ ދަރިކަލުން ޝެއިހް އަހްމަދު އަލް ނަވާފް އަލް އަހްމަދު އަލް ސަބާހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ޤައުމުގެ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ޞިއްޙީ ޚިދުމަތާއި ތަޢުލީމު ފަދަ އިޖުތިމާޢީ ޚިދުމަތްތައް ވަނީ ހަލާކުވެފައެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ތެލުގެ ރިޒާވް ހިފަހައްޓައިގެން މާލީ އަދި ބޭރުގެ ބެލެންސް ޝީޓެއް އޮތް ނަމަވެސް، މި ހަލަބޮލިކަމުގެ ސަބަބުން ވަރަށް ބޮޑަށް ބޭނުންވާ އިންވެސްޓްމަންޓްތަކާއި އިސްލާހުތައް ވަނީ ހުއްޓިފަ އެވެ.
މި ލިއުމާއި ގުޅޭ