Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

އެމްޑީޕީގެ ރަޖިސްޓްރީގައި ކުރިން ހިމެނޭ މީހުންނާއެކު 2،500 މީހުންގެ ފޯމު ހަވާލުކޮށްފި

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ދަފުތަރުގައި މީގެ ކުރިންވެސް ހިމެނުނު މެންބަރުން ހިމެނޭހެން އެ ޕާޓީއާ ގުޅުނު 2،500 މެންބަރުންގެ ފޯމު ހަވާލުކޮށްފިއެވެ.

ފޯމުތައް ހަވާލު ކުރުމަށް އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޯމުތަކާއި ހަވާލުވެވަޑައިގެންފައިވަނީ ޕާޓީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެ މެމްބަރުންނަކީ މިދިޔަ މަހު އެ ޕާޓީން މުޅި ރާއްޖޭގައި ކުރިޔަށް ގެންދިޔަ ހަރަކާތުން ގުޅުނު މެންބަރުންތަކެއް ކަމަށާއި އެ ކޯށްލެވުނު ކުޑަ މަސައްކަތުން 2500 ފޯމު ހަމަކުރެވިފައިވާކަމަށެވެ.

އެ މެންބަރުންނަކީ އަލަށް ޕާޓީއަށް ގުޅުނު މެންބަރުންކަމަށް އެމްޑީޕީން ބުނި ނަމަވެސް އެ ޕާޓީގެ ދަފުތަރުގައި މީގެ ކުރިންވެސް ހިމެނޭ މެންބަރުން އޭގެ ތެރޭގައި ހިމެނޭކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

އެގޮތުން އެމްޑީޕީއަށް މީގެ ކުރިން ސޮއި ކޮށްފައިވާ އައްޑޫ ސިޓީ ކައުންސިލަށް ހޮވުނު އަހުމަދު ނާދިރު (ޗިޅާ) އާއި އެމްޑީޕީގެ ޓިކެޓުގައި ގއ. ކޮލަމާފުށި ކައުންސިލްގެ ނައިބު ރައީސްއަކަށް ހޮވުނު ޝަހާމަތު ހަނީފް ވެސް އެ މެންބަރުންގެ ތެރޭގައި ހިމެނެއެވެ.

އެމްޑީޕީން އެފަދައިން އަމަލުކުރަމުން އަންނާތީ އެއްބަޔަކު އެކަން ސިފަކުރީ ގިނަ އަދަދެއްގެ ކައުންސިލަރުންތައް ދަ ޑިމޮކްރެޓްސްއާ ގުޅޭތީ ސަރުކާރު ފަރާތްތަކަށް ހަމަނި ދި ނުނިދިގެން އަމިއްލަ ޕާޓީގެ މެންބަރު ދެވަނަ ފަހަރަށް ޕާޓީއަށް ވައްދަނީކަމަށެވެ.

މި ލިއުމާއި ގުޅޭ