Tuesday 17th Sep 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

ސަރުކާރުން ރާވައިގެން ރައީސް ނަޝީދަށާއި ޔާމީނަށް އަނިޔާކުރާކަން ސިއްރެއް ނުކުރެވޭނެ: ޖަމީލް

މިސަރުކާރުން ނޫސްތަކަށް ނުފޫޒު ފޯރުވާ ރާވައިގެން ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި ކުރީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް އަނިޔާ ކުރާކަން ސިއްރެއް ނުކުރެވޭނެކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ މިއަދު އޮތް ރައީސް ޔާމީނުގެ ޝަރީއަތް މެދުކަނޑާލި ވަގުތު އެމަނިކުފާނު ދައުލަތުގެ ވަކީލުންނާއި ދިމާކޮށްލައްވާފައިވާކަމަށް ބުނެ ރާއްޖޭގެ ބައެއް ނޫސްތަކުގައި ރިޕޯޓުކުރުމާއި ގުޅިގެންނެވެ.

އެކަން ކުށްވެރިކޮށް ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ވަކީލުންނާ ދިމާ ނުކުރައްވާ ކަމަށާއި އެމަނިކުފާނު ހަމައެކަނި ކުރެއްވި ކަމަކީ ސަމާސާ އަކަށް ސުވާލެއް ކުރެއްވުންކަމަށެވެ.

ޖަމީލް ވިދާޅުވީ މިހާރު ހުރިހާ ނޫސްތަކެއްހެން ސަރުކާރުގެ ޖީބުގައި އޮތް ނަމަވެސް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރޭވުމެއްގެދަށުން ރައީސް ޔާމީނަށާއި ރައީސް ނަޝީދަށް އަނިޔާކުރާކަން ސިއްރު ނުކުރެވޭނެ ކަމަށެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް ދައުލަތުން ކުރާ ދަޢުވާތަކަކީ ވެސް ޖަހާ ސަކަރާތެއް ކަމަށާއި ސަރުކާރުން ލާރި ނަގާ ނޫސްތަކަށް އެވާހަކަ ލިޔަން ނުކެރުމަކީ ވަކި ވާހަކައެއްކަމަށެވެ.

މި ލިއުމާއި ގުޅޭ