Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

ސްޓެލްކޯގެ ޓްރާންސްފޯމަރުތައް ބަހައްޓަން ބިމުގެ ޖާގަ ބޮޑުކޮށްދޭން ކައުންސިލުން ނިންމައިފި

ސަރުކާރުގެ ކުންފުނި ސްޓެލްކޯއިން މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބަހައްޓަންޖެހޭ ޓްރާންސްފޯމަރުތައް ބަހައްޓަން ބޭނުންވާ ބިމުގެ ޖާގަ އިތުރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން އެ ނިންމުން ނިންމާ ފާސްކޮށްފައިވަނީ މިއަދު ބޭއްވި އެކައުންސިލުގެ ހަތަރުވަނަ ދައުރުގެ 105 ވަނަ އާންމު ޖަލްސާގައި ބައިވެރިވި 12 މެމްބަރުންގެ އިއްތިފާގުންނެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ބަހައްޓާފައި ހުރި ބައެއް ޓްރާންސްފޯމަރުތައް އަޕްގްރޭޑް ކުރުމަށްޓަކައި ސްޓެލްކޯއަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް އެކުންފުނިން ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ސްޓެލްކޯއިން ހުށަހަޅާފައިވަނީ ގާކޮށި، ސިނަމާލެ 3ގެ ބިމުގައި ބަހައްޓާފައިވާ ސަބްސްޓޭޝަނަށް 200 އަކަފޫޓު އާއި އަބަދަށްފެހި މަގު މެދުޒިޔާރަތް މަގާ ގުޅޭ ހިސާބުގައި ބަހައްޓާފައިވާ ސަބްސްޓޭޝަނަށް މަޖީދިއްޔާ އެނެކްސްގެ ބިމުން 269 އަކަފޫޓުގެ އިތުރުން ވިޔަފާރިވެރިންގެ މިސްކިތުގެ ގޯތިތެރޭގެ ހުސްބިމުގައި ބަހައްޓާފައިވާ ސަބްސްޓޭޝަނަށް 184.2 އަކަފޫޓު އިތުރުކުރުމަށްކަމަށެވެ.

ސިޓީ ކައުންސިލުން ސްޓެލްކޯގެ ހުށަހެޅުން ފާސްކޮށްދީފައިވަނީ އިތުރުކުރި ބައެއް ޝަރުތުތަކާ އެކުއެވެ.

އެގޮތުން ހުށަހެޅި ތިން ޝަރުތުތަކަކީ ސަބްސްޓޭޝަންގެ ޖާގަ ބޮޑުކުރުމަށް ބޭނުންވާ ސަބަބުތަކާ، އެކަން ކުރާނެ ގޮތުގެ ތަފްސީލީ ޕްލޭނެއް ސްޓެލްކޯއިން ހުށަހެޅުމާއި މިހާރު ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދޫކޮށްފައި ހުރި ބިންތަކުގެ ކުލި ދައްކާ ހަލާސްކުރުމާއި ސަބްސްޓޭޝަން ގާއިމްކުރުމަށް ދޫކުރެވޭ ބިން ފައިސާ ހޯދުމުގެ ގޮތުން އެހެނިހެން ކަންކަމަށް ބޭނުން ނުކުރުމެވެ.

މި ލިއުމާއި ގުޅޭ