Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ރައީސް ނަޝީދު ވަކިކުރަން 54 މެންބަރުންގެ ސޮޔާއެކު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނަގައި މަޖިލީހުގެ ރިޔާސަތުން ވަކިކުރުމުގެ މައްސަލަ 54 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައީސް ނަޝީދު މަޖިލިސް ހިންގަވާ ގޮތް ގޯސްކަމަށް ބުނެ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުން ވަކިކުރަން ނިންމީ އިއްޔެއެވެ. އެއާއެކު އެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ މެންބަރުންގެ އަދަދު ހަމަކޮށް 50 މެންބަރުންގެ ސޮޔާއެކު މައްސަލަ ހުށެހޅުމަށް ތައްޔާރުވާން ފެށިއެވެ.

މިއަދު މި މައްސަލަ ހުށަހަޅާފައިވަނީ 54 މެންބަރުންގެ ސޮޔާއެކުއެވެ. އެ މައްސަލަ ހުށަހެޅި ސަބަބުތަކުގެ ގޮތުގައި މެންބަރުންގެ މެދުގައި ނަޝީދާމެދު ހުރި ހިތްހަމަނުޖެހުންތައްވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އެއް ސަބަބެއްކަމަށް ފާހަގަކުރީ އެމްޑީޕީން 12 މެންބަރަކު ވަކިވެވަޑައިގަތުމާއެކު މަޖިލީހުގެ ކޮމިޓީތަކަށް ގެންނަން އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ކޮމިޓީ އަލުން އެކުލަވައިލުމުގެ މަސައްކަތް ހުއްޓުވާފައި އޮތުމެވެ.

އަދި މަޖިލީހުގެ ފުރަތަމަ ދަންފަޅި ނިމޭއިރަށް މަޖިލީހުގެ ރިޔާސަތު ދޫކުރައްވައި ނަޝީދު ވަޑައިގަންނަވާއިރު ސަބަބެއް ބަޔާންނުކުރެއްވުމަކީވެސް ރިޔާސަތުން އެމަނިކުފާނު ވަކިކުރުމަށް ބޭނުންވާ ސަބަބުތަކުގެ ތެރޭގައި ފާހަގަކުރި ސަބަބެކެވެ.

އަދި މަޖިލީހުގެ ނިޒާމު ގެއްލުވައިލުމުގައި އިދިކޮޅު މެންބަރުންނަށް ވާގިވެރިވެވަޑައިގަންނަވާ ކަމަށާއި، ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ބަހުސްތަކުގައި ބައިވެރިވެވަޑައިގަތުމާއި، ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޑުޖައްސަވާފައި އޮތުމާއި، ވަކި ފަރާތަކަށް ޖެހިވަޑައިގެން މެންބަރުންނާމެދު ޒާތީ ތައައްސުބު ގެންގުޅުއްވުން ހިމެނެއެވެ.

މި ލިއުމާއި ގުޅޭ