Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ އާޒިމް

ރައީސް ނަޝީދު ވަކިކުރަން ސޮއިކުރެއްވި މެންބަރުންނަށް ރައީސް އިބްރާހީމް ދެއްވާނީ ލަނޑެއް: އާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކިކުރަން ސޮއިކުރެއްވި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވާނީ ލަނޑެއްކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ކުރީގެ ލީޑަރު އަދި "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދެވުމުގައި އިސްކޮށް މަސައްކަތްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ ޗާގޮސް މައްސަލާގައި މޮރިޝަސްއަށް އެ ރަށްތަކުގެ ސިޔާދަތު އޮންނާނެކަން ދިވެހި ދައުލަތުން ޤަބޫލުކޮށްފިކަމަށް ވިދާޅުވެ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމު ފޮނުއްވި ސިޓީ ހޯދުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމަށްފަހު، ރައީސް އޮފީހުގެ ކުރިމަތީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

އިއްޔެ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުންވަނީ ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ ވޯޓު ނަގައި އެމަނިކުފާނުގެ މަޖިލީހުގެ ރިޔާސަތުން ދުރުކުރަން ފާސްކޮށްފައެވެ. އެކަމާ ގުޅިގެން ނަޝީދުގެ އިތުބާރުނެތްކަމުގެ ވޯޓު ނުނަގާނެކަމަށް އެމަނިކުފާނަށް ތާއީދުކުރައްވާ "ދަ ޑިމޮކްރެޓްސް" ޕާޓީގެ ބައެއް މަޖިލިސް މެންބަރުން އަންނަނީ ވިދާޅުވަމުންނެވެ. ނަމަވެސް އެމްޑީޕީން ބުނެފައިވަނީ މިއަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

މިއަދު ނޫސްވެރިޔަކުވަނީ އެކަމާ ގުޅޭ ގޮތުން އާޒިމާ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ ރައީސް އިބްރާހީމު މަސައްކަތްކުރައްވާ ގޮތް ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އިއްޔެ އެމްޑީޕީން އެ މައްސަލަ ހުށަހަޅަން ބޭނުންވާ ސޮއި ހަމަކޮށްފައިވާކަމަށް ބުނި ނަމަވެސް މިއަދުގެ މިހާތަނަށް މައްސަލަ މަޖިލީހަށް ހުށަހަޅާފައިނުވާ ކަމަށެވެ.

މަޖިލީހަށް މައްސަލަ ހުށަނޭޅި ސަބަބެއްކަމަށް އާޒިމް ވިދާޅުވީ މެންބަރުންނަށް ރައީސަށް ނުގުޅި މުވާސަލާތުނުކުރެވުމުންކަމަށް ބެލެވޭ ކަމަށެވެ. އަދި އިތުބާރުނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި މެންބަރުން އެންމެ ފަހު ވަގުތު ލަދުގަންނަވައިލައްވާނެ ކަމަށާއި، ރައީސް އިބްރާހަމަކީ އެހެން މީހުން ލަދުގަންނާނެ ގޮތަށް ކަންކަން ކުރައްވަން ވަރަށް ކުޅަދާނަ ބޭފުޅެއް ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދުވަނީ އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގެ ގޮނޑިކޮޅުގައި އިންނަވަނީ މަޖިލީހުގެ އާންމު މެންބަރެއްގެ ގޮތުގައި ބަހުސްތަކުގައި ބައިވެރިވެވަޑައިގެން ވާހަކަދެއްކެވުމުގެ ވަރަށް ބޮޑު ޝައުޤުވެރިކަމަކާއެކު ކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމި ސަބަބެއްކަމަށް އެ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ކަންކަން ކުރިއަށްގެންދެވުމުގައި ޤާނޫނު އަސާސީއާއި ޤާނޫނުތައް އެއްފަރާތްކުރައްވައި ހިތްޕުޅަށް އަރާވަޑައިގަންނަވާހާ ގޮތަކަށް އަމަލުކުރައްވާތީ މެންބަރުންގެ ކެތްތެރިކަން ކޮޅުންލުމެވެ.

މި ލިއުމާއި ގުޅޭ