Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ދިވެހި ހުރިހާ ޙައްޖުވެރިން މިނާ އާއި އަރަފާތުގައި އެއް ސަރަހަދެއްގައި ބައިތިއްބަން ނިންމައިފި

މި އަހަރުގެ ޙައްޖަށް ދާ ހުރިހާ ދިވެހިން މިނާ އާއި އަރަފާތު ބިމުގައި އެއް ސަރަހައްދެއްގައި ބައިތިއްބާގޮތަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު ޙައްޖަށް ދާ ދިވެހިންނަށް ހިދުމަތް ދޭ ސައުދީ އަރަބިއްޔާގެ ކުންފުނި ކަމަށްވާ "އަލް ބައިތު ގެސްޓްސް"އާ ދިވެހި ހައްޖު މިޝަނުން އިއްޔެ ބައްދަލުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނިގޮތުގައި އެ ބައްދަލުވުން ބާއްވާފައިވަނީ މައްކާގައި ހުންނަ އެ ކުންފުނީގެ މައި އޮފީހުގައެވެ.

އެ މިނިސްޓްރީން ހާމަކުރިގޮތުގައި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭ ގޮތުންނާއި އަރަފާތުގައި ހައްޖުވެރިންނަށް ހިދުމަތްދިނުމަށް އެ ކުންފުނިން ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭ ގޮތުންނެވެ.

އެގޮތުން މީގެ ކުރީ އަހަރުތަކުގައި ދިން ހިދުމަތްތަކަށް ބަލާއިރު އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަން އެ ކުންފުނީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށާއި ދިވެހި ހައްޖުވެރިންނަށް ދޭ ހިދުމަތްތައް މި އަހަރު އިތުރަށް ފުރިހަމަ ވާނެ ކަމުގެ ޔަގީން ކަން، އެ ބައްދަލުވުމުގައި "އަލްބައިތު ގެސްޓްސް"ގެ މެނޭޖިން ޑިރެކްޓަރު އުސާމާ އަބްދުﷲ ދާނިޝް ދެއްވި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު މިނާ އާއި އަރަފާތުގައި ވެސް ހުރިހާ ދިވެހި ހައްޖުވެރިން ތިބޭނީ އެއް ސަރަހައްދެއްގައި ކަމަށް އުސާމާ ވިދާޅުވެފަިއވާކަމަށެވެ.

މި ލިއުމާއި ގުޅޭ