Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޔޫކްރެއިންގެ ޑޭމް ގޮއްވާލުމުގެ ސަބަބުން އެތައް ހާސް ބަޔަކަށް ފެންބޮޑުވުމުގެ ނުރައްކާ ކުރިމަތިވެއްޖެ

ކޭރްސަން، ޔޫކްރެއިން (ޖޫން 7) - ޑިނިޕްރޯ ކޯރާއި އިންވެގެން އޮންނަ ބޮޑު ޑޭމް ރަޝިއާގެ ހަމަލާތަކުގައި ގޮއްވާލުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ ގާތްގަނޑަކަށް 42،000 މީހުންނަށް އެބައޮތް ކަމަށް އދ.ގެ އެހީގެ ވެރިޔާ އިންޒާރު ދެއްވައިފި އެވެ.
ޔޫކްރެއިން އާއި ރަޝިއާއިން އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކޮށް ކުށްވެރިކުރަނީ މިދިޔަ އަންގާރަ ދުވަހު އެ ބޮޑު ޑޭމް ވެއްޓުމުގެ ސަބަބުން ބޮޑު ސަރަހައްދަކަށް ފެންބޮޑުވެ އެތައް ހާސް ބަޔަކު އެސަރަހައްދު ދޫކޮށް މަޖުބޫރުވުމުންނެވެ.
ޔޫކްރެއިންއިން ބުނީ ހައިޑްރޯ އިލެކްޓްރިކް ސްޓޭޝަނެއް ހިންގަމުން ދިޔަ ސޯވިއެޓް ޒަމާނުގެ ނޯވާ ކަޚޮވްކާ ޑޭމް ގޮއްވާލުމުގައި ރަޝިޔާއިން ވަނީ ވިސްނުންތެރިކަމާއެކު ހަނގުރާމައިގެ ޖަރީމާއެއް ހިންގާފައި ކަމަށެވެ. ކްރެމްލިނުން ޔޫކްރެއިންގެ މައްޗަށް ކުށްވެރިކޮށް މޮސްކޯއިން ބުނަމުން ދަނީ މޮސްކޯއިން ބުނަމުން އަންނަ ބޮޑު ކައުންޓާއޮފެންސިވް އެއް ލޯންޗުކުރުމުން އެ ގައުމު ން ހުރަސް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އދ.ގެ އެހީގެ ވެރިޔާ މާޓިން ގްރިފިތުސް ސަލާމަތީ މަޖިލީހުގައި ވިދާޅުވީ ޑޭމް ފަޅައިގެން ދިއުމުގެ ސަބަބުން ޔޫކްރެއިންގެ ދެކުނުގެ އެތައް ހާސް ބަޔަކަށް ގެދޮރާއި ކާބޯތަކެއްޗާއި ފެނާއި ދިރިއުޅުމުގެ ރައްކާތެރި ގެއްލިގެން ދާނެ ކަމަށެވެ.
އަދި މި ކާރިސާގެ ބޮޑުކަން ފުރިހަމައަށް އިހުސާސް ކުރެވޭނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ފުރަތަމަ އެއްވެސް މީހަކު މަރުވެފައި ނުވި ނަމަވެސް އެމެރިކާގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން "ގިނަ ބަޔަކު މަރުވެދާނެ" ކަމަށެވެ.
ޔޫކްރެއިންގެ އޮފިޝަލުން ލަފާކުރާ ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ގާތްގަނޑަކަށް 42،000 މީހުންނަށް ނުރައްކާ ކުރިމަތިވާނެއެވެ. އަދި އެންމެބޮޑަށް ފެންބޮޑުވުމުގެ ނުރައްކާ ކުރިމަތިވާނީ ބުދު ދުވަހު ކަމަށް އެފަރާތްތަކުން ލަފާކުރެއެވެ.
ޑޭމްއާ ގާތްގަނޑަކަށް 60 ކިލޯމީޓަރު (37 މޭލު) ދުރުގައި އޮންނަ ކޭރްސަން ސިޓީގައި އަންގާރަ ދުވަހު ފެންގަނޑު 3.5 މީޓަރު (11-1/2 ފޫޓު) މައްޗަށް ދިއުމުގެ ސަބަބުން، މީހުން ހުސްކުރުމުގެ މަސައްކަތަށް ހުރަސް އެޅިފައިވެއެވެ.
"ހުރިހާ އެއްޗެއް ފެނުގެ ތެރެއަށް އަޑިއަށް ގޮސްފައި، ހުރިހާ ފަރުނީޗަރެއް، ފްރިޖެއް، ކާއެއްޗެހި، ހުރިހާ ފުޅަނދެއް، ހުރިހާ އެއްޗެއް އޮޔާ ދަނީ. ހަދާނެ ގޮތެއް ނޭނގޭ،" ކާރިސާ އާ ބެހޭ ގޮތުން ސުވާލު ކުރުމުން އޮސްކާނާ، 53، ބުންޏެވެ.
ފެންބޮޑުވުމުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ގާތްގަނޑަކަށް 80 މުޖުތަމައުގެ މީހުން ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް ބަހާއި ރޭލާއި ޕްރައިވެޓް ވެހިކަލްތަކުގައި ދަނީ މަސައްކަތް ކުރެވެމުންނެވެ.
މިހާދިސާގެ ސަބަބުން ރަޝިއާގެ ބާރުގެ ދަށުގައި އޮންނަ ކޯރުގެ އައްސޭރީގައި ހުންނަ ކަޒްކޯވާ ޑިބްރޯވާ ޒޫ މުޅިން ފެންބޮޑުވެ، 300 ޖަނަވާރު ވެސް މަރުވެފައިވާ ކަމަށް ޒޫގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް މަންދޫބަކު ވިދާޅުވި އެވެ.
ވޮޝިންޓަނުން ބުނީ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ކާކުކަން ނޭނގޭ ކަމަށާއި ނަމަވެސް އެމެރިކާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ސަފީރު ރޮބަޓް ވުޑް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ޔޫކްރެއިންއިން ޑޭމް ހަލާކުކޮށް، އަމިއްލަ ރައްޔިތުންނަށް ގެއްލުމެއް ދިނުމަކީ މާނައެއް ނެތް ކަމެއް ކަމަށެވެ.
ޖެނީވާ މުއާހަދާތަކުގައި ހަނގުރާމައިގައި އުޅޭއިރު ހަމަލާތައް ޑޭމްތަކަށް އަމާޒުކުރުން މަނާކުރީ އާންމުންނަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވީޑިއޯ ޚިޠާބުގައި ވިދާޅުވީ ޑޭމްގެ މައްސަލައިގައި އޭނާގެ ޕްރޮސެކިއުޓަރުން މިހާރުވެސް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ގޮސްފައިވާ ކަމަށެވެ. މީގެ ކުރިން ޓެލެގްރާމްގައި އޭނާ ވަނީ ރަޝިއާ ސިފައިން އިންޖީނުގެ ގޮއްވާލީ އެތެރޭން ކަމަށް ބުނެފަ އެވެ.
"ގޭގޭގެ ފުރާޅުމަތީގައި ރައްޔިތުން ތިބީ ސަލާމަތްވާނެ ކަމުގެ އިންތިޒާރުގައި.... މިއީ މީހުންނާއި ގުދުރަތާއި ފުރާނައާ ދެކޮޅަށް ރަޝިޔާއިން ހިންގާ ޖަރީމާއެއް،" ޒެލެންސްކީގެ ސްޓާފުންގެ އިސް އޮފިޝަލެއް ކަމަށްވާ އޮލެކްސީ ކުލޭބާ ޓެލެގްރާމްގައި ވިދާޅުވި އެވެ.
މި ޑޭމްގެ ސަބަބުން ޔޫކްރެއިންގެ ދެކުނުގެ ދަނޑުބިންތަކުގެ ބޮޑު ސަރަހައްދަކަށް ފެންވަނުމުގެ އިތުރުން ރަޝިއާގެ ބާރުގެ ދަށުގައި އޮންނަ ޒަޕޯރިޒްޒިއާ ނިއުކްލިއާ ޕްލާންޓަށްވެސް މިކަމުގެ އަސަރުވަނީ ކޮށްފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އަންނަ ކައުންޓާ އޮފެންސިވް އަކަށް ކިއޭވް ތައްޔާރުވަމުންދާއިރު، އަސްކަރީ ބައެއް ތަޖުރިބާކާރުން ބުނަނީ ފެންބޮޑުވުމުގެ ސަބަބުން ރަޝިއާއަށް ފައިދާ ކުރާނެ ކަމަށެވެ.
މި ލިއުމާއި ގުޅޭ