Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކި ކުރެވޭ ވަރަށް ސޮއި ހަމަވެ މާދަމާ ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ފާސް ކުރެވޭ ވަރަށް ސޮއި ހަމަމެފައިވާ ކަމަށާއި އެމައްސަލަ މާދަމާ ހުށަހަޅާނެ ކަމަށް އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އުފެއްދި ޕާޓީ އެމްޑީޕީއިން ބުނެފި އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އަގުލަބިއްޔަތުން ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅަން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވި 41 މެންބަރުންގެ ތެރެއިން އޭރު ސޮއި ކުރެއްވީ 36 މެންބަރުންނެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 2018 ވަނަ އަހަރު ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރަކަށް މަސައްކަތް ކުރެއްވި އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާނީ މަޖިލީހުގެ އަގުލަބިއްޔަތުގެ ސޮއި ލިބުމަށް ފަހުގައި ކަމަށެވެ. އެއީ 44 މެންބަރުންގެ ސޮޔެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 54 މެމްބަރުންގެ ސޮޔާއެކު މާދަމާ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަން އެމްޑީޕީއިން ވަނީ ހާމަކޮށްފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާއިރު އިދިކޮޅު ފަރާތްތަކުން ވަނީ އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް މައްސަލަ ވެސް މަޖިލީހަށް ހުށަހަޅައިފައެވެ. ނަމަވެސް އެމައްސަލަ ކުރިއަކަށް ނުދެ އެވެ.

މި ލިއުމާއި ގުޅޭ