Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

މަސައްކަތް ނުނިމި ގިނަ ދުވަސް ވުމުން ޖާހު އިންވެސްޓްމަންޓަށް އާބަންކޯގެ އިންޒާރެއް!

ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓްތައް 30 ދުވަހުގެ ތެރޭގައި ނިންމައި، 30 ދުވަހުގެ ތެރޭގައި ބިމުގެ އަގު ދައްކަން އާބަންކޯއިން އަންގައިފި އެވެ.

އާބަންކޯ އިން މިއަދު ބުނީ ހުޅުމާލޭގައި މެދު ފަންތީގެ ހައުސިން މަޝްރޫއުއެއް ހިންގުމަށް ޖާހު އިންވެސްޓްމަންޓާ ހަވާލުކޮށް، މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ވެފައި ވާތީ، އެ މައްސަލަ އިތުރަށް ބެލުމަށް ފަހު، މަސައްކަތް ނިންމުމަށާއި އާބަންކޯ އަށް ދައްކަން ޖެހޭ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ ނޯޓިސްއެއް މިހާރު ފޮނުވާފައިވާ ކަމަށެވެ.

އެ ނޯޓިސް ފޮނުވުމުގެ ކުރިން ވެސް، އެކި ފަހަރު މަތިން މަސައްކަތްތައް ނިންމުމަށް ގިނަ ފުރުސަތުތަކެއް ދިން ކަމަށް އެކުންފުނިން ބުންޏެވެ.

އެ ފްލެޓްތަކުގެ މަސައްކަތް ނިންމައި ހަވާލުކުރާނެ ކަމަށް ބުނެ އެކި މުއްދަތުތައް ދިނެވެ. އެންމެ ފަހުން ބުނެފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރުގައި ބައެއް އެޕާޓްމަންޓުތައް ހަވާލުކުރާނެ ކަމަށެވެ. އެކަމަކު، އަދިވެސް އެއްވެސް އެޕާޓްމަންޓެއް ހަވާލެއް ނުކުރެ އެވެ. މިކަމުގެ ޝަކުވާ އެތަންތަން ގަނެފައިވާ މީހުން ކުރަމުން ދެއެވެ.

ޖާހުގެ "ދަ ގާޑަން" އަކީ 2017 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ތަނެކެވެ. އެ ތަނުން 83 އެޕާޓްމަންޓް ހަދާއިރު ހިމެނެނީ 2+1 އާއި 3 އަދި 3+1 ގެ އެޕާޓްމަންޓްތަކެކެވެ.
މި ލިއުމާއި ގުޅޭ