Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤާސިމް އިބްރާހީމް

މަޖިލީހުގެ ރައީސްކަމަށް ޤާސިމް ގެންނަން ރައީސް އިބްރާހީމް ފެކްޝަނުގެ ބައެއް މެމްބަރުން ކެމްޕެއިން ކުރައްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގެންނަން ރައީސް އިބްރާހީމަށް ތާއީދު ކުރައްވާ ބައެއް މަޖިލީސް މެމްބަރުން މަސައްކަތް ފައްޓަވައިފިއެވެ.

މިގޮތުން މި ކެމްޕެއިނުގައި އިސްކޮށް އުޅުއްވަނީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދުކަމަށް މައުލޫމާތު ލިބެއެވެ. އިސްމާއިލް ވަނީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައިވެސް މަޖިލީހުގެ ރައީސް ކަމަށް ޤާސިމް ގެންނަވަން ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ.

"ކޮންމެ ފަދަ ވަގުތެއްގައިވެސް އެހެން މީހުންނަށް ދޭން ޖެހޭ އިހުތިރާމް ދިނުމާއި އެކު ހަމަހިފައްޓަވާނެކަން ޔަގީން" ޤާސިމް އާއި ބެހޭގޮތުން މެމްބަރު އިއްސެ މަޖިލީސް ގުރޫޕުގައި ވިދާޅުވިއެވެ.

ޤާސިމަށް މަޖިލީސް ރައީސްކަން ދިނުމަށް ފެނިވަޑައިގަންނަކަމަށް މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވި ކަމަށް މަޖިލީހުގެ އެހެން މެމްބަރަކުވެސް ވަނީ މަޖިލީސް ގުރޫޕުގައި ވިދާޅުވެފައެވެ.

މަޖިލީސް ރައީސް ކަމުން ރައީސް ނަޝީދު ވަކިިކުރައްވަން އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ނިންމަވާފައިވާއިރު އެ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ އެ މަޤާމާއި ހަވާލުވެވަޑައިގަންނަވަން ތައްޔާރުކަން ހާމަކުރައްވާފައެވެ. މީގެކުރިން 2019 ވަނަ އަހަރުވެސް އަސްލަމް އެ މަޤާމަށް ވާދަކުރައްވަން އުޅުއްވިއެވެ. ނަމަވެސް ފަހުން އަސްލަމް ވަނީ އަނބުރާ ނަން ނަންގަވާފައެވެ.

މި ލިއުމާއި ގުޅޭ