Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅުމަކީ ދުވަހަކުވެސް އުއްމީދު ކުރިކަމެއް ނޫން: ޖަމީލް

ވެރިކަން ކުރާ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން އެ ޕާޓީން ހުށަހެޅުމަކީ ދުވަހަކުވެސް އުންމީދު ކުރެއްވި ކަމެއް ނޫންކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ފާސްކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. ޖަމީލް ވިދާޅުވީ އެކަމަކީ އެމްޑީޕީން ކުރާނެ ކަމެއްކަމަށް އޭނާ ދުވަހަކުވެސް އުއްމީދު ކުރެއްވި ކަމެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ވެރިކަން ލިބުނީ ރައީސް ނަޝީދުގެ "އާނ" ބަހާ އެކުގައިކަމަށެވެ.

އަދި އެޖެންޑާ 19 އިން މަޖްލިސް ހޮވީ ވެސް ރައީސް ނަޝީދު މަރުފަލިޖަހައިގެންކަން ފާހަގަކުރައްވާ ޑރ. ޖަމީލް ވިދާޅުވީ މިއަދު އެމްޑީޕީން އެމަނިކުފާނުގެ ކަރުގައި ވާޖަހައި ރައްޔިތުން ކުރިމަތީ ގަންހިންގަނީކަމަށެވެ.

މިއަދު ބޭއްވި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ 110 ވަނަ ބައްދަލުވުމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި 42 މެންބަރުންގެ އަޣްލިބިއްޔަތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ.
އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓާއި އެކުގައިކަމަށެވެ.

ރައީސް ނަޝީދުގެ އިތުބާތު ނެތް މައްސަލަ ހުށަހަޅަން އެމްޑީޕީން ޕީޖީން ނިންމާފައިވާއިރު އެމަނިކުފާނު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް އަންގަވައިފައިވާކަން "ދިޔަރެސް"އަށް ވަނީ އެނގިފައެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކޮށްފިނަމަ އެމަނިކުފާނު މިހާރު ދިރިއުޅުއްވަމުން ގެންދަވާ މުރައިދޫ ގެއިން ނިކުމެވަޑައިގަންނަވަން ޖެހޭނެއެވެ. އޭގެ ސަބަބުން އެމަނިކުފާނުގެ ސަލާމަތަށް ވަރަށް ބޮޑަށް ނުރައްކާވާނެ ކަމަށް ބެލެވެއެވެ.

މި ލިއުމާއި ގުޅޭ